މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ ކެއުމެކެވެ. ހާއްސަކޮށް ކުޑަ ކުދިންގެ މެދުގައި މަގުބޫލު މި ކެއުމަކީ ރޯދަ ވީއްލާ ގަޑިއަށް ހަދާލަން ރަނގަޅު ފޮނި ކެއުމެވެ.

ބޭނުންވާ ތަކެތި

ފުށްގަނޑަށް

  • 1 ޕެކެޓް ޑްރައި ޔީސްޓް (1/4 އައުންސް)
  • 1 ޖޯޑު ކިރު (ތާފަނާކޮށް)
  • ½ ޖޯޑުގެ ހަކުރު
  • ½ ޖޯޑުގެ ބަޓާ
  • 1 ސައިސަމުސާ ލޮނު
  • 2 ބިސް
  • 4 ޖޯޑު ފުށް

ފިލިންގްއަށް

  • 1 ޖޯޑު ބްރައުން ޝުގާ
  • 3 ސައިސަމްސާ ސިނަމަން (ފޮނިތޮށި ހިމުންކޮށް މުގުރާފަ)
  • ½ ޖޯޑުގެ ބަޓާ

ކްރީމް ޗީޒް ލެއިސިންއަށް

  • 6 ސައިސަމްސާ ބަޓާ
  • 1 ½ ޖޯޑު އައިސިން ޝުގާ
  • ¼ ޖޯޑުގެ ކްރީމް ޗީޒް
  • ½ ސައިސަމްސާ ވެނީލާ އެސެންސް
  • 1/8 ސައިސަމްސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

ފުށްގަނޑު

  1. ތާފަނާ ފެން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ޔީސްޓް އަޅާފައި ގިރެންދެން ބަހައްޓާށެވެ.
  2. އެހެން ތަށްޓަކަށް ހަކުރާއި ބަޓާއާއި ލޮނާއި ބިހާއި ފުށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ޔީސްޓް އަޅާ ހުރިހާއެއްޗެއް އެއްކޮށްލާށެވެ.
  3. އެއަށްފަހު މަތި ބަންދުކޮށް ގާތްގަނޑަކަށް 1 ގަޑިއިރު ނުވަތަ ރަނގަޅަށް ފުއްގަނޑު ފުފެންދެން ބާއްވާލާށެވެ.
  4. ފުއްގަނޑު ރަނގަޅަށް ފުފުމުން 18 އިންޗި އާއި 12 އިންޗި ހުންނަވަރަށް ދަމާލާށެވެ. ބޯމިނުގައި ¼ އިންޗި ހުންނަ ވަރަށެވެ.

ފިލިންގް

  1. ބަޓާ އާއި ބްރައުން ޝުގާ އަދި ސިނަމަން ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
  2. އެއަށް ފަހު ކެފި ފުއްގަނޑުގެ މަތީގައި އެއްކުރި ފިލިންގްސް ހާކާލާށެވެ ބޭނުންނަމަ އޭގެ މަތީގައި ވިރުވާފައި ހުރި ބަޓަރު އުނގުޅުމަށްފަހު ހަކުރާއި ފޮނިތޮށި ފުށްގަނޑުގެ މައްޗަށް ބުރުވާވެސް ލެވިދާނެއެވެ.
  3. ދިގު މިނުގައި 18 އިންޗި ހުރި ދިމާއިން ފުށްގަނޑު އޮޅާލާށެވެ.
  4. އެއަށްފަހު 1 ½ އިންޗި ހުންނަ ގޮތަށް ފޮތި ކުރާށެވެ.
  5. ދެން ޓްރޭގެ ތެރޭގައި ސިނަމަން ރޯލް ފޮތިތައް އަތުރައި 30 މިނިޓް ވަންދެން ނުވަތަ ފުފެންދެން ބަހައްޓާށެވެ. އެއަށްފަހު އަވަނަށްލާ 350 ޑިގްރީ ސެލްސިއަސްގައި 20 މިނެޓް ވަންދެން ފިހެލާށެވެ. ގަދަ މުށި ކުލަ އަރަންދެންނެވެ.

ކްރީމް ޗީޒް ލެއިސިން

  1. ބަޓާ އާއި އައިސިން ޝުގާ އާއި ލޮނު އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ.
  2. އޭގެ ތެރެއަށް ކްރީމް ޗީޒް ކޮޅު އަޅާ އެއްކޮށްލާށެވެ. ކްރީމް ޗީޒް އަޅާނީ ފަހަރަކު ސަމަސަލަކުން އަޅައި ރަނގަޅަށް ތައްޔާރު ވަންދެނެވެ.
  3. އަދި ސިނަމަން ރޯލުތައް ފިހެވުމުން ހިހޫ ކުރުމަށަފަހު އޭގެ މަތީގައި ކްރީމް ޗީޒް ލޭޔާ ފަތުރާލާށެވެ.