ފުރަތަމަ ދުވަހުގެ ޝޫޓިންގެ ތެރެއިން ސީނިއާ ތަރިންގެ މަލާމާތާއި ފުރަންސާރަޔާ ކުރިމަތިލާ ޖެހުނު ކަމަށް ޔޭ ރިޝްތާ ކިޔާ ކެހެލާތާއިން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދި ޓީވީ ބަތަލާ ޝިވާންގީ ޖޯޝީ ބުނެފި އެވެ.
ސްޓާޕްލަސްއިން ގެނެސްދޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ނައިރާގެ ރޯލު ކުޅެގެން ބޮޑު މަގުބޫލުކަމެއް ހޯދި ޝިވާންގީ ޖޯޝީ ވަނީ އެކްޓް ކުރަން ފެށިއިރު ދިމާވި ހިތާމަވެރި ހާދިސާތަކުގެ ވާހަކަތައް އީޓައިމްސް ޓީވީއަށް ދިން އިއްޓަވިއުއެއްގައި ވަނީ ކިޔާދީފަ އެވެ.
އެގޮތުން ޝިވާންގީ ބުނެފައިވަނީ އެންމެ ފުރަތަމަ މަސައްކަތް ކުރި ސީރީޒްގައި އޭނާއާ އެކުގައި މަސައްކަތްކުރި ސީނިއާ އެކްޓަރުންގެ ފަރާތުން މަލާމާތް ރައްދުވި ކަމަށެވެ.
"އެ މީހުން ބުނޭ ހަމައެކަނި ސޫރައަށް ބަލާފަ އޭ އެ ގެނައީ ސީރީޒްގައި މަސައްކަތް ކުރަން. އެކްޓް ކުރަން ނޭނގެއޭ. އެ މީހުންގެ ވަގުތު ބޭކާރުވީއޭ ވެސް ބުނޭ،" ޝިވާންގީ ބުންޏެވެ.
ސީނިއާ އެކްޓަރުންގެ ފަރާތުން އެފަދަ ވާހަކަތައް އަޑު އިވުމުން ވަރަށް ދެރަވި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޝިވާންގީ ވަނީ އޭނާ ކުރިއަށްދާ ބޭނުންވި ދާއިރާތަކުގެ ވާހަކަ ވެސް މި އިންޓަވިއުގައި ދައްކާފަ އެވެ. އެގޮތުން ޝިވާންގީ ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ބޭނުންވީ ކޮރިއޮގްރާފަރަކަށް ވާން ކަމަށެވެ.
"އަދި ކޮރިއޮގްރާފަރަކަށް ނުވާނަމަ ދެން އަހަރެންގެ ވިސްނުމުގައި އޮތް އަނެއް ބަދަލު ކެރިއަރަކީ ޑޮކްޓަރަކަށް ވުމެވެ. އަހަރެން އަބަދުވެސް ދިރިއުޅުމުގައި ވަރަށް ބޮޑަށް ފޯކަސް ކުރާތީ އަހަރެން ކުރަން ބޭނުންވާ ކަންތައް އަހަންނަށް އެނގުނެވެ،" ޝިވާންގީ ބުންޏެވެ.
ޝިވާންގީ ޖޯޝީއަކީ ހިންދީ ގިނަ ޓީވީ ސީރީޒްތަކެއް ކުޅެފައިވާ ބަތަލާ އެކެވެ. ގިނަ ބައެއްގެ ލޯބި ވެސް ޝިވާންގީ ވަނީ ހޯދާފަ އެވެ.
ޝިވާންގީ މިހާރު ފެންނަނީ ކަލާޒް ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯ "ހަތުރޯން ކީ ކިލާޅީސް" އިންނެވެ.