ބެންކޮކް (12 އޮގަސްޓް) - ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަމިއްްލަ ދަތުރުފުޅެއްގައި އިއްޔެ ތައިލެންޑަށް ވަޑައިގެންފި އެވެ.
ގޮޓާބޭ ތައިލެންޑަށް ވަޑައިގެންފައި މިވަނީ ސްރީލަންކާގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ގަސްރީއުމު ދޫކުރައްވައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގައި ގިނަ ހަފްތާ ތަކެއް ހޭދަ ކުރެއްވުމަށްފަހުގަ އެވެ.
ގޮޓާބޭ ތައިލެންޑަށް ވަޑައިގަންނަަވްން އުޅުއްވާ ކަމުގެ ރިޕޯޓުތައް މިދިޔަ ހަފްތާ ތެރޭގައި މީޑިއާގައި ދައުރުވި އިރު ތައިލެންޑްގެ ސަރުކާރުން ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.
އެގޮތުން ތައިލެންޑުން ބުނެފައިވަނީ ގޮޓަބަޔަ އެ ގައުމަށް އެތެރެ ވުމަށް ހުއްދަ ދިނުމަށް ސްރީލަންކާގެ މިހާރުގެ ސަރުކާރުން އެގައުމުގެ ސަރުކާރުގައި އެދިފައިވާތީ ގޮޓަބަޔައަށް ވިސާ ދީފައިވާ ކަމަށާއި އެއީ ކުުރު މުއްދަތުގެ ވިސާއެއް ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން ގޮޓާބޭ ވަނީ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ ބަދަލުގައި ވެރިކަމަށް އިސްވެ ވަޑައިގަތީ ރަނިލް ވިކްރަމަސިންހަ އެވެ.
މަގާތުން އިސްތިއުފާ ދެއްެވި ފަހުން ގައުމަށް އަދި ވަޑައިގެންފައި ނުވާއިރު ސްރީލަންކާގެ އިދިކޮޅުންނާއި އާއްމުން ވެސް އަންނަނީ ގޮޓަބަޔަ އަނބުރާ ގައުމަށް ގެނައުމަށް ސަރުކާރަށް ގޮވާލަމުންނެވެ. -- ކޮލަމްބޯ ގެޒެޓް