ކަލާޒް އިން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަނުގައި ދެ ބައިވެރިއެއްގެ ބޮޑެތި ކޯޅުންތަކެއްގައި މާރާމާރީ ހިންގައިފި އެވެ.
މިމާރާމާރީ ހިނގާފައިވަނީ މިފަހަރުގެ ސީޒަންގައި އެންމެ ގަވައިދުތަކާ ހިލާފުވަމުން އަންނަ އަރްޗަނާ ގޯތަމް އާއި ޝިވް ތަކްރޭ އާ ދެމެދު އެވެ.
ބިގްބޮސް ރަސްމީ ޓުވީޓާ އެކައުންޓްކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ އަރްޗަނާ އާއި ޝިވް އާ ދެމެދު ހޫނު ޒުވާބެއް ކުރާ މަންޒަރުތަކެކެވެ. އަދި މިޝޯގެ އެހެން ބައިވެރިން އެ ދެ ބައިވެރިން ދުރުކުރަން އުޅޭ މަންޒަރު ވެސް ފެނިގެންދެ އެވެ. އަދި ދެ ބައިވެރިން ވެސް ވަރަށް ހުތުރު ބަހުރުބައިގެން ވާހަކަ ދައްކާ މަންޒަރު ފެނިގެންދެ އެވެ.
އަރްޗަނާއަކީ އަބަދުވެސް މިޝޯގެ އެހެން ބައިވެރިންނާ ދެމެދު އަރާރުންވާ ފަންނާނެކެވެ.
ޝިވް އާއި އަރްޗަނާ ދެމެދު ކުރިއަށް ދިޔަ ބަހުގެ ހަނގުރާމައަށްފަހު އަރްޗުނާ ވަނީ ޝިވްގެ ކަރުގައި ހިފާފަ އެވެ.
މިމާރާމާރީ ގުޅިގެން ޝޯގެ ބައިވެރިން ވަނީ ބިގްބޮސްއަށް ގިނަ ޝަކުވާތަކެއް ކޮށްފަ އެވެ. އަދި އަރްޗަނާ ވަގުތުން ގެއިން ބޭރުކުރުމަށް ވެސް އެ ބައިވެރިން ބިގްބޮސް ކައިރިން ދިޔައީ އެދެމުންނެވެ.
މިއާއެކު އަރްޗަނާ ވަނީ "ބިގްބޮސް" ގެއިން ބޭރުކޮށްލާފަ އެވެ. އަދި މިކަން ބިގްބޮސްގެ ރަސްމީ ޓްވީޓާ އެކައުންޓް ވެސް ކަށަވަރުކޮށްދީފައިވާއިރު އަރްޗަނާ އެބުރި ބިގްބޮސްއަށް ގެނައުމަށް ގިނަ ބަޔަކު ޓްވީޓާގައި އަންނަނީ ގޮވާލަމުންނެވެ. އަދި އަރްޗުނާ ނެތި މިފަހަރުގެ ސީޒަން ފޫހިވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިފަހަރުގެ ސީޒަންގައި މުނިފޫހިފިލުވައިދޭ އެއް ބައިވެރިޔަކީ އަރްޗަނާ ކަމަށް ގިނަ ބެލުންތެރިން ބުނެ އެވެ. މިކާއެކު "ބްރިންގް ބެކް އަރްޗަނާ" ވެސް ޓުވިޓާގައި ޓްރެންޑް ވެފަ އެވެ.
މިއާއެކު އަލުން އަނބުރާ އަރްޗުނާ ބިގްބޮސް ގެނައުމަށް މިޝޯ އުފައްދާ ފަރާތްތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް އަދި ރަސްމީ އެއްވެސް ފަރާތްތަކުން މިކަން ކަށަވަރުކޮށްދީފައިނުވެ އެވެ.
މިހަފްތާގައި ބިގްބޮސްއިން އެލިމިނޭޓްވުމަށް ނޮމިނޭޓް ވެފައިވަނީ ސުމްބުލް އާއި ގޯރީ ނަގޯރީ، އަދި ޕްރިޔަންކާ ޗާހަރު ޗައުދަރީ އެވެ. މިހަފްތާގެ ޝޯއިން ވަކިވެގެންދާނެ ބައިވެރިއެއް ހާމަކުރާނީ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްނެވެ.
މިހާރު ކުރިއަށްދާ "ބިގް ބޮސް" 16 ވަނަ ސީޒަނަކީ ވެސް ލޯބީގެ މާފޮޅުވުންތަކާއި އަރައިތުންތަކާއި ނަރުފަތާއި ހަސަދަވެރިކަން ވެސް މިހާރު އިންތިހާ އަށް ފެންނަމުންދާ ސީޒަނެކެވެ.