މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހަބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒަށް ފޮޓޯ ނަގާ ގަލަމެއް ވެއްދި މައްސަލާގައި ދައުވާ ކޮށްދިނުމަސް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަފައިވާ ކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިމަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ތުޅާދޫގައި ހުން ވޯޓުލާ މަރުކަޒަށް މީހަކު ވަނީ ފޮޓޯ ނެގޭ ގަލަމެއް ވައްދާ ވޯޓުލުމާށް ފަހު ވޯޓު ކަރުދާސް ފޮޓޯ ނަގާފަ އެވެ.
އެމައްސަލާގައި ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށް އެމީހާގެ ގަލަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ މަރުކަޒަށް ފޮޓޯ ނެގޭ ގަލަމެއް ވައްދާ ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލާގައި ދައުވާ ކުރުމަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާނެ ކަމަށެވެ. ހަސަން ވިދާލުވީ ވޯޓުލާ މަރުކަޒުތަކަށް ގާނޫނާ ގަވާއިދާ ހިލާފު އެއްޗެހި ނުވެއްދުމަސް ތަކުރަރުކޮށް ނަސޭހަތްތެރި ވަމުންގެންދާ ކަމަށެވެ.
ހަސަން ވިދާޅުވީ އެފަދަ އަމަލެއް ކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ވޯޓުލީ ދުވަހު ބ. ތުޅާދޫގައި ވޯޓުލާ މަރުކަޒަށް ފޮޓޯ ނެގޭ ގަލަމެއް ވައްދާ ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލާގައި އެދުވަހުގެ ވޯޓުލުން ވަނީ މެދުކަނޑާލާފަ އެވެ.