ފަން އިސްތަށިގަަނޑާއި ޚިލާފަށް ބުޅި އިސްތަށިގަނޑު ބަލަހައްޓަން ޖެހޭ ގޮތް ތަފާތުވާނެއެވެ. މި ކިޔައިދެނީ ބުޅި އިސްތަށިގަނޑެއް ބަލަހައްޓާނެ ގޮތްތަކެވެ.

1. ސަލްފޭޓް- ފްރީ ޝޭންޕޫއެއް ބޭނުންކުރުން

ސަލްޕޭޓްސް އަކީ އިސްތަށިގަނޑުގައި ހުންނަ މޮއިސްޗާ އަދި އޮއިލް ފިލުވާލާ އެއްޗެކެވެ. ބުޅި އިސްތަށިގަނޑަކީ ވަރަށް މޮއިސްޗާ ބޭނުންވާ އެއްޗެކެވެ. އެހެންކަމުން ބުޅި އިސްތަށިގަނޑަށް ރަނގަޅުވާނީ ސަލްފޭޓް ނެތް ޝޭންޕޫއެކެވެ.

2. މާގިނައިން ޝޭންޕޫ ލުން

ބުޅި އިސްތަށިގަނޑަކީ ގައިގެ ނެޗުރަލް އޮއިލް ވަރަށް ބޭނުންވާ އެއްޗެކެވެ. މާގިނައިން ޝޭންޕޫ ލާނަމަ މާ ބޮޑަށް އިސްތަށިގަނޑު ހިކިދާނެ އެެވެެ. އަދި މާ ގިނައިން ނުދޮވެ، ހަފްތާއަކު ގިނަވެގެން ދެފަހަރު ދޮންނާށެވެ.

3. ހީޓް ޓޫލްސް ބޭނުންކުރާ ވަރު މަދުކުރުން

ސްޓްރެއިޓްނާ، ކާލިންގް އަޔަން ފަދަ ހީޓް ޓޫލްތަކުން ބުޅި އިސްތަށިގަނޑު ހިކި، ގެއްލުން ވާނެ އެވެ. މި ކަހަލަ ޓޫލްތައް ބޭނުންކުރުން މަދުކޮށް، ބޭނުންކުރާ ފަހަރު ހީޓް ޕްރޮޓެކްޓަންޓްއެއް ބޭނުންކުރަން އާދަކުރާށެވެ.

4. މޮއިސްޗަރައިޒިންގް ޓްރީޓްމެންޓް ގަވައިދުން ހެދުން

ބުޅި އިސްތަށިގަނޑު މޮއިސްޗަ ހިފެހެއްޓުމަށް ހަފްތާއަކު އެއްފަހަރު ޓްރީޓްމެންޓްއެއް ހަދާށެވެ. ގޭގައި ވެސް މިފަދަ ޓްރީމެންޓްއެއް ހެދިދާނެ އެވެ.

5. ޑިފިއުޒާ ބޭނުންކުރުން

ބުޅި އިސްތަށިގަނޑު ހިއްކަންޖެހޭނީ ވަކި ވައްތަރެއްގެ ހެއާ ޑްރަޔާއެއް ކަމަށްވާ ޑިފިއުޒާ އަކުންނެވެ.

6. ދަތް ބޮޑު ފުނަލެއް ބޭނުންކުރުން

ބުޅި އިސްތަށިގަނޑުގައި ފުނާ އެޅުމަށް ބޭނުންކުރަންވާނީ ދަތް ބޮޑު ފުނަލެކެވެ. ފުނާ އަޅަންވާނީ ތެތްކޮށް ހުުންނަ އިރު އެވެ.

7. ގަވައިދުން ކޮޅުތައް ކޮށުން

ބުޅި އިސްތަށިގަނޑަކީ ވަރަށް އަވަހަށް ފްރިޒީވާ އެއްޗެކެވެ. މިކަން ކޮންޓްރޯލްކުރުމަށް ގަވައިދުން އިސްތަށިގަނޑުގެ ކޮޅުތައް ކޮށުމަކީ މުހިއްމު ކަމެކެވެ.

8. ފިނި ފެނުން ބޯދޮވުން

މާހޫނު ފެނުން ބޯ ދޮންނަ ނަމަ ބުޅި އިސްތަށިގަނޑު ފްރިޒީވެ ވަރަށް އަވަހަށް ހިކޭނެއެވެ. ބުޅި އިސްތަށިގަނޑު ދޮންނަން އެދެވިގެންވަނީ ހަމައެކަނި ފިނިފެނުންނެވެ.