މިއުނިކް (15 ޖޫން) – ޔޫރޯގެ ގުރޫޕް އޭގައި މިރޭ ހަންގެރީ އަތުން 3-1 އިން މޮޅުވެ، ސްވިޓްޒަލޭންޑް ފެށުން ރަނގަޅުކޮށްފި އެވެ.
ޖަރުމަންގެ ކޮލޯންގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ސްވިޓްޒަލޭންޑަށް ލީޑު ހޯދައިދިނީ ފޯވަޑް ކުވާޑޯ ޑިއާ އެވެ. ބަލްގޭރިއާ ލީގުގައި ކުޅޭ ޑިއާއަށް ޔޫރޯގެ ސްކޮޑުން ޖާގަ ލިބުމަކީ ގިނަ ބަޔަކު ހައިރާންވި ކަމަކެވެ. އެކަމަކު މިރޭގެ މެޗުގައި އޭނާ ވަނީ އޭނާގެ ސްކޮޑަށް ނެގުމުން ފާޑުކީ ފަރާތްތަކަށް ރަނގަޅު ޖަވާބެއް ދީފަ އެވެ.
މެޗުގެ ދެވަނަ ހާފު ނިމެނިކޮށް ސްވިޓްޒަލޭންޑްގެ ލީޑު ފުޅާކޮށްދިނީ މައިކަލް އެބިޝާ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ކަނަށެވެ.
މެޗުގެ 66 ވަނަ މިނިޓުގައި ސްވިޓްޒަލޭންޑް އިން އުންމީދެއް އޮތީ ބަރްނަބަސް ވާގާ ޖެހި ލަނޑުންނެވެ.
އެކަމަކު ސްވިޓްޒަލޭންޑް އިން މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ބްރީލް އެމްބޯލޯ ޖެހި ލަނޑުންނެވެ.
ގުރޫޕް އޭގައި ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެފައިވާއިރު، ޖަރުމަނާއި ސްވިޓްޒަލޭންޑް އޮތީ ތިން ޕޮއިންޓާއެކުއެވެ. ސްކޮޓްލެންޑާއި ހަންގޭރީ އަދި އޮތީ ހުސް އަތާ އެވެ.