ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާ ކަމަށްވާ އަމްބާނީ އާއިލާގެ ހަގު ދަރިފުޅު ކައިވެނި ކުރަން ތައްޔާރުވެފައިވާއިރު ވާންއުޅޭ ޅީދަރިފުޅު ރަދިކާށް އެ އާއިލާގެ ފަރާތުން ވަނީ އަގުބޮޑު އެތައް ހަދިޔާއެއް ދީފަ އެވެ.
އެގޮތުން އޭނާއަށް ލިބުނު ބައެއް ތަކެއްޗަށް ބަލާލާނަމެވެ.
ބެންޓްލީ ކާރެއް
ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ކާރު ބްރޭންޑް ކަމަށްވާ ބެންޓްލީގެ 4.5 ކްރޯޑް ރުޕީސްގެ އަގުބޮޑު ކާރެއް ރަދިކާއަށް ހަދިޔާ ކޮށްފައިވަނީ އޭނާގެ ބަފައިބެ މުކޭޝް އަމްބާނީ އެވެ.
މުތީގެ ގަހަނާތައް
މައިދައިތަ ނިތާ އަމްބާނީގެ ފަރާތުން ރަދިކާއަށް ލިބުނު މުތީ އާއި ޖަވާހިރުގެ ހާރު ސެޓަކީ ނީތާގެ އަގުބޮޑު ގަހަނާ ކަލެކްޝަނުން ކުޑަ މިންވަރެކެވެ.
ދުބާއީން ގެއެއް
ދުނިޔޭގެ އެންމެ އަގުބޮޑު އެއް ތަނުގެ ގޮތުގައި ބެލެވޭ ދުބާއީގެ ޕާމް ޖުމެއިރާއިން 60 މިލިއަން ޑޮލަރުގެ އަގުހުރި ގެއެއް އަމްބާނީ އާއިލާއިން ވަނީ ރަދިކާއަށް ހަދިޔާ ކޮށްފަ އެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
ހަމަހިމޭން ކަމުގައި ވަގުތު ހޭދަ ކުރަން ހިތް ނުތަނަވަސްވޭތަ؟