ދުނިޔޭގެ އެންމެ މޮޅު އެތުލީޓުން ކޮންމެ ދެ އަހަރަކުން ޝަރަފުވެރި ކަމުގެ ފުރުސަތަކަށް އެއްވާ އިރު، ހުރިހާ އޮލިމްޕިއަނުން ވެސް ކުޅެން ޖެހޭނީ އުސޫލާ އެއްގޮތަށެވެ.

މި ގޮތުން އޮލިމްޕިކް ކުޅިވަރުތަކުގައި ހުންނަ ހާއްސަ ބައެއް ގަވައިދުތަކަކީ މިއީ އެވެ.

1. ޑައިވަރުން ތިބެން ޖެހޭނީ ކޮންޕިޑެންޓްކޮށް

ވޯލްޑް އެކުއެޓިކްސްގެ ކޮމްޕެޓިޝަން ގަވާއިދުގައިވާ ގޮތުން ޑައިވް ކުރުމުގެ ކުރިން "ބޯލްޑް، ހައި، އަދި ކޮންފިޑެންސް ޓޭކް އޮފް" އެއް ދޭން ވާނެ އެވެ. މި ކަން ފުރިހަމަ ނުކުރެވިއްޖެނަމަ 1/2 އާއި 2 ޕޮއިންޓާ ދެމެދުގެ އަދަދަކަށް އުނިވެދާނެ އެވެ.

2. ފިގާ ސްކޭޓިން

ފިގާ ސްކޭޓަރުންނަށް ވަކި ޔުނީފޯމެއް ނެތަސް ހަރުކަށި އުސޫލުތަކެއް ހުރެ އެވެ. ފަޓުލޫނަކީ ފިރިހެނުންނަށް ޑްރެސް ކޯޑްގައި މަޖުބޫރު ކަމެކެވެ. އަދި ފަޓުލޫނާއި ލެގިންސް، ސްކާޓް، ޑްރެސް އަދި ޔުނިޓާޑް ފަދަ ތަފާތު ކޮސްޓިއުމްތައް އަންހެނުންނަށް އެޅުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ހެދުމުގެ އުސޫލުތަކުގެ އިތުރުން ފިގާ ސްކޭޓަރުންނަށް ބެކްފްލިޕް ހެދުމުގެ ހުއްދައެއް ނޯވެ އެވެ. ސަބަބަކީ އެއް ފައިގެ ބަދަލުގައި ދެފައި ޖެއްސުމަކީ "އަސްލު ޖަމްޕެއް" ކަމަށް ނުބެލެވޭތީ އެވެ. 1998 ވަނަ އަހަރުގެ ނަގަނޯ އޮލިމްޕިކްސްގައި ސްކޭޓާ ސޫރިޔާ ބޮނާލީ އެއް ފައިގައި ބެކްފްލިޕެއް ޖެއްސި ނަމަވެސް، އެ ފިޔަވަޅަކީ ގަވައިދާ ޚިލާފު ކަމެއްވުމުން އޭނާ ދިޔައީ ދިހަ ވަނައަށެވެ.

3. ވޯޓާ ޕޯލޯ

ވޯޓާ ޕޯލޯ އެތުލީޓުންނަށް އެއްވެސް ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، އެތުލީޓުންނަށް މުބާރާތުގައި "ގްރީސް، ތެޔޮ، ނުވަތަ އެފަދަ އެއްވެސް މާއްދާއެއް" ހަށިގަނޑުގައި ހުރުމަކީ މަނާކަމެކެވެ. އަދި ފައިގެ ނިޔަފަތިތައް ހުންނަން ޖެހޭނީ ކަނޑާފަ އެވެ.

4. ޖިމްނާސްޓިކްސް

ޖިމްނާސްޓުންނަށް މޭކަޕް ކުރެވޭއިރު، ފޭސް ޕެއިންޓިން ހުއްދަ އެއް ނޫނެވެ. އަތުގެ ނިޔަފަތިތަކުގައި ހުންނަން ޖެހޭނީ ނިއުޓްރަލް ކުލައެކެވެ.

ޖިމްނާސްޓުންގެ ޔުނީފޯމަކީ ހަރުކަށިކޮށް ރެގިއުލޭ ކުރާ އެއްޗެކެވެ. އެގޮތުން މިޑް ސްޓާނަމްއަށް ވުރެ އިތުރަށް ފުޅާވާ ސްކޫޕް ނުވަތަ ވީ-ނެކް ހެދުން ހުއްދައެއްނޫނެވެ. މީގެ އިތުރުން، އޮލިމްޕިކް ޖިމްނާސްޓުން ސްކޯރިން ޗެލެންޖަކަށް ފައިސާ ދައްކަން ޖެހެ އެވެ.

ސްކޯއަކީ ބޭއިންސާފެއް ކަމަށް ޓީމަކުން ގަބޫލުކުރާ ނަމަ ޖިމްނާސްޓުންގެ ކޯޗުންނަށް ހަތަރު މިނެޓު ލިބޭނެ އެވެ. އެ ސްކޯ އަލުން އިވެލުއޭޓް ކުރުމަށް ޓީމުން 300 ޑޮލަރު ދައްކަން ޖެހޭނެ އެވެ. ސްކޯ ބަދަލުވެއްޖެނަމަ އެ ޓީމަށް އެމީހުންގެ ފައިސާ އަނބުރާ ލިބެ އެވެ. އެހެން ނޫންނަމަ ފައިސާ ދަނީ ޗެރިޓީއަށެވެ.

5. އެކީ އަތުގައި ހިފައިގެން ރޭސް ނިންމުން މަނާ

އޮލިމްޕިކް ދުވުންތެރިންނަށް އެކީ އަތުގައި ހިފައިގެން ރޭހެއް ނިންމުމަކީ މަނާކަމެވެ.

6. ގޮލްފަރުން ސްކޯ ކާޑުގައި ސޮއިކުރަން ޖެހޭ

ގޮލްފަރުން ވަގުތުން ސްކޯ ކާޑުގައި ސޮއި ކުރަން ޖެހެ އެވެ. ނުކޮށްފިނަމަ ޑިސްކޮލިފައިވާނެ އެވެ.

7. ބާސްކެޓްބޯލް

ޑަންކިން ހުއްދަ ނަމަވެސް، ހޫފްގައި އެލިގަތުމަކީ ފައުލްއެކެވެ.

8. އެކުއެސްޓްރިއަންސްއަށް އެއްވެސް އަޑެއް ބޭނުމެއް ނުކުރެވޭ

މި މުބާރާތުގައި އޮލިމްޕިއަނުންނަށް އެމީހުންގެ އަސްތައް ކޮންޓްރޯލް ކުރަން އަނގައިން ވެސް ކްލިކް ނުކުރެވޭނެ އެވެ. މި އުސޫލަށް އަމަލުކުރަން ފެށީ 1932 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ސްވިޑެންގެ ބައިވެރިއެއް ކްލިކް އަޑެއް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުނު ފަހުންނެވެ.

9. ރެސްލަރުން އެމީހުންގެ ޖާޒީގައި ރުމާލެއް އަޅަން ޖެހޭނެ

އޮލިމްޕިކް ރެސްލަރުން ޔުނީފޯމްގައި ކޮންމެ ވެސް ތަނެއްގައި ރުމާލެއް އަޅަން ޖެހެ އެވެ. މިއީ "ބްލީޑާ" ނުވަތަ "ބްލަޑްރޭގް" ނަމަކަށް ކިޔާ އެއްޗެކެވެ.