އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސްގެ މެސެޖްގައި ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަދި އިންޑިއާގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ދެމެހެއްޓެނިވި ރަހުމަތްތެރިކަމުގެ ސަބަބުން ރާއްޖެއާއި މި ސަރަހައްދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ދެގައުމުގެ ކުރިއެރުމާއި، ހިއްސާކުރެވިފައިވާ ލަނޑުދަނޑިތައް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އިންޑިއާގެ ހާރިޖީވަޒީރު ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންވަނީ އިންޑިއާ އެހީގައި ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތަކެއް ނިންމާ ސަރުކާރާ ހަވާލުކޮށްފަ އެވެ.
"ގްރޭސް އެނެޓޮމީ"ގެ ސްޕިން އޮފް އެއް ނެރެނީ!
ރޭގެ މުޒާހަރާއިން ބަންދުކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި
"ޕްރިޒަވޭޓިވްސް"ގެ ސަބަބުން ހިތުގެ ބަލިތައް ޖެހޭ!