ޖައްވުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއެކު ރެއަކާދުވާލުގެ ދިގުމިން 24 ގަޑިއިރުން 25 ގަޑިއިރަށް އިތުރު ވެދާނެ ކަމުގެ އިންޒާރު ޖައްވީ ސައިންސްވެރިން ދީފި އެވެ.
އެންމެ ފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ދުވަހަކަށްވުރެ ދުވަހެއް ހަނދާއި ދުނިޔޭގެ ދުރުމިން ދަނީ އިތުރުވަމުންނެވެ. ނަތީޖާއަކަށް ވަނީ ހަނދުގެ ދަމާބާރު ދުނިޔެއަށް ކުޑަވެ ދުނިޔެ ދައުރުވާ ދައުރުވުން ލަސްވުމެވެ.
އެހެން ކަމުން ކުރިއަށް އޮތް ދެ މިލިއަން އަހަރު ތެރޭގައި ރެއަކާދުވާލުގެ ދިގުމިން 25 ގަޑިއިރަށް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.
"ދުނިޔެ ދައުރުވަނީ ހަނދުގެ ދަމާބާރުގެ އެހީގައި. އެ ދަމާބާރު ދަށްވާ ވަރަކަށް ރެއާދުވާލުގެ ދިގުމިން ދާނީ ދިގު ވަމުން،" ސައިންސްވެރިއެއް ކަމަށްވާ ސްޓެފަން މަޔާސް ވިދާޅުވި އެވެ.
މިވަގުތު ދުނިޔެއާއި ހަނދުގެ ދުރުމިނަކީ 238،000 މޭލު ނަމަވެސް އެ ދުރުމިން އަހަރަކު 1.5 އިންޗި އިތުރުވަމުން އަންނަކަން ސައިންސްވެރިން ވަނީ ހޯދާފަ އެވެ.
މި ދިރާސާގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނާ ގޮތުގައި މީގެ 1.4 ބިލިއަން އަހަރު ކުރިން ދުނިޔޭގެ ރެއާދުވާލުގެ ދިގުމިނަކީ އެންމެ 18 ގަޑިއިރެވެ.
ނިއުކްލިއާ މައްސަލާގައި އެމެރިކާއަށް ދޫނުދޭނަން: އީރާން
ދިޝާގެ މަރުގެ މައްސަލާގައި މަރުގެ އިންޒާރުތައް ލިބުނު: ސޫރަޖް
ޝާހްރުކް ޚާންގެ މިލްކިއްޔާތު ބޮޑުތަނުން ދަށަށް ގޮސްފި