ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި މައްސަލައިގައި 12 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވަނީ ރ. މާކުރަތު، އިމޭޖް، މުޙައްމަދު ދާއޫދުގެ މައްޗަށެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އޭނާ އާ ދެކޮޅަށް ދައުލަތުން ކޮށްފައިވެ އެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އޭނާ އޮރިޔާން ކާޑު ގެންގުޅުކަމުގެ ދައުވާ ސާބިތެއް ނުވެ އެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
"ގާނޫނީ ހަމަތަކުން އަޅުގަނޑު ޖަލަށްލެވޭނެ އެއްވެސް ގޮތެއް ނެތް"
ވެނެޒުއެލާއާ ދެކޮޅަށް އެޅި ފިޔަވަޅުން ތެލުގެ އަގު އުފުލިއްޖެ
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި
ދެން ވެސް ކުޑަކުއްޖަކަށް ގޯނާކުރިމީހާ ދެވަނަ ފަހަރަށް ވެސް އެ އަމަލު ހިންގަންތޯ ފުރުސަތު ތިދެނީ، ނޫނީ ކުޑަކުއްޖާޔާ ބެހުނު މީހާގެ ވާހަކަ ނުދެއްކީ އެއީ ކުޑަކުއްޖަކަށްވާއިރު އެކަންކުރި މީހާގެ ވާހަކަވެސް ސިއްރުކުރީ އެކަން ކުރުން ރަނގަޅު ވީމަތޯ؟