ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަނަލް ސީރީޒް "ޝޯގަން"އަށް ރިކޯޑް އަދަދެއްގެ އެމީ އެވޯޑް ލިބިއްޖެ އެވެ. ޖުމްލަ 18 އެމީ އެވޯޑާއިއެކު މި ސީރީޒްވަނީ އެއް ސީޒަނަކުން އެންމެ ގިނަ އެވޯޑު ނެގި ރިކޯޑު މުގުރާލާފަ އެވެ.

އެމެރިކާގައި އުފައްދާފައިވާ ޖަޕާނު ބަހުގެ މި ސީރީޒްއަށް މި އަހަރު ވަނީ ޖުމްލަ 25 އެމީ ނޮމިނޭޝަނެއް ލިބިފަ އެވެ. އެ ސީރީޒްގައި ދައްކަނީ 16 ވަނަ ގަރުނުގައި ޖަޕާނުގެ ނުފޫޒުގަދަ އާއިލާތަކުގެ މެދުގައި ވެރިކަމަށް ތަޅާފޮޅުމުގައި ހިނގައިދާ ހަމަނުޖެހުންތަކެވެ.

ޝޯގަންގެ ދެ ލީޑު ރޯލުން ފެނިފައިވާ ހިރޮޔުކީ ސަނަދާ އަދި އަނާ ސަވާއި ވަނީ އައުޓްސްޓޭންޑިންގް ލީޑު އެކްޓަރު/ އެކްޓްރެސްގެ އެވޯޑް ނަގާފައެވެ.

ޝޯގަންއަށް ލިބުނު އެވޯޑުތައް ޓީމުން ދައްކާލަނީ

ޝޯގަންއަށް ލިބުނު އިތުރު އެވޯޑް ތަކުގެ ތެރޭގައި އައުޓްސްޓޭންޑިންގް ޑްރާމާ ސީރީޒް، ޑިރެކްޓިންގް، ގެސްޓް އެކްޓަރު، ކާސްޓިންގް، ޕްރޮޑަކްޝަން ޑިޒައިން، ސައުންޑް އެޑިޓިންގް، ސިނެމެޓޮގްރަފީ، ސައުންޑް މިކްސިންގް، ސްޕެޝަލް ވިޝުއަލް އެފެކްޓްސް، ޕިކްޗަރ އެޑިޓިންގް، ސްޓަންޓް ޕަފޯމެންސް، ޕީރިއަޑް އޯ ފެންޓަސީ/ ސައިފައި ހެއާ ސްޓައިލިންގް، މެއިން ޓައިޓަލް ޑިޒަައިން، ޕީރިއަޑް އޯ ފެންޓަސީ /ސައިފައި މޭކަޕް/ ޕީރިއަޑް ކޮސްޓިއުމްސް/ އަދި ޕްރޮސްތެޓިކް މޭކަޕް އެވޯޑް ހިމެނެއެވެ.

އެމީ އެވޯޑަކީ ޓީވީ އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑެވެ.