ޅ. ނައިފަރު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައިފަރު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
"އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގު ޓީމެއް މާލެއިން ނައިފަރަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސައިބާ ކްރައިމްގެ މައްސަލަތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ދާދިފަހުން ވަނީ ބުނެފަ އެވެ.
ރެފަރަންޑަމާ ދެކޮޅު ހަދައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި
ރޯދަ ވީއްލުމަށްފަހު ގިނަގިނައިން ދިޔާ ތަކެތި ބޯން އާދަކުރޭ!
ކަފާލާތުގެ ދަށުން ރާޖްޕާލް މިނިވަންވެއްޖެ
