އިންޑިއާގެ ބެންގަލޫރުގައި ދިވެހި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު މަޝްވަރާކުރައްވައިފި އެވެ.
އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ މެދުގައި މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ. ދެ ގައުމުގައި ކޮންސިއުލޭޓް ގާއިމުކުރުމާގުޅޭ ގޮތުން މަޝްވަރާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގަ އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް ހުންނަ އިރު ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ހުރެ އެވެ. ބެންގަލޫރަކީ ވެސް ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ސިޓީ އެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް މިހާރު ވަނީ ބާއްވަވައިފަ އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހިސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					