ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއެކު މަޖިލީހުގެ ވަފުދެއް އޮސްޓްރޭލިއާގެ ސިޑްނީއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މި ދަތުރަކީ 67 ވަނަ ކޮމަންވެލްތް ޕާލަމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއްކަމަށެވެ. ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ ތިން ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ.
ނާޒިމް އާއެކު މަޖިލިސްގެ ބައެއް މެންބަރުންނާއި އިދާރާގެ ބައެއް ބޭފުޅުން މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ގައުމުގެ މާލީ ހާލަތު ދައްވެފައިވާ މި ދުވަސްވަރު، ސަރުކާރުން ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަންޖެހިފައިވާ ހާލަތެއްގައި ކޮންމެ މަހަކުވެސް މަޖިލީހުގެ މެންބަރުންނާއި ޓީމްތައް އެކި ގައުމުތަކަށް ދަތުރުކުރާކަން ފާހަގަކޮށްލެވެ އެވެ.
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފްތާ ހަވާލުކުރަނީ
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި