ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:32 ގައި ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ، މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އިތުރު ތަފްސީލު ހާމަކޮށްފައިނުވެ އެވެ.
ބަޔަކު ވަނީ މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފަ އެވެ. ޕޯސްޓުގައި އެ ޕާޓްމަންޓަށް ވަދެ ބިރުދައްކާ މުދަލަށް ގެއްލުން ދިން ދެ މީހުން ކަމަށް ބުނެ ޒުވާން އަންހެނަކާއި ފިރިހެނެއްގެ ފޮޓޯ ވެސް އާންމުކޮށްފައިވެ އެވެ.
ކުޑަކުދިން ވެސް އުޅޭ އެ އެޕާޓްމެންޓަށް ބަޔަކު ވަދެ މަރާލާނެ ކަމަށް ބުނެ، އާއިލާގެ ބައެއް މީހުން ނަށް ބިރުވެސް ދައްކާފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ވަން އެވެނިއު އިމާރާތަކީ ސެކިއުރިޓީ ކޮންޓްރޯލާއެކު އެ އިމާރާތުގެ އެތެރެއަށް ވަދެވޭ ތަނެކެވެ.
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!