ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު އީނާ މޫސާ އާ ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއަންބަށް ކައިވެނި ބައްލަވައިގެންފި އެވެ.
"ހުރިހާ"އަށް ކަށަވަރުވެފައިވާ ގޮތުގައި ބ. ތުޅާދުއަށް އުފަން އީނާއާ ޝިޔާމް ދެއަންބަށް ކައިވެނިބައްލަވައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ނޯޕޭ ލީވެއްގައި އީނާ މިހާރު ގެންދަނީ މެލޭޝިޔާގައި މަތީތައުލީމް ހާސިލުކުރަމުންނެވެ.
ޝިޔާމަށް މީގެ ކުރީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.
މީގެ ކުރިން ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ މައްސަލައަށް ޕީޕީއެމްގެ އިސްވެރިން ޕީޖީ އޮފީސް ތެރެއިން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމަނިކުފާނުގެ ޝަރީއަތް ލަސްކުރަން ޕީޕީއެމްގެ އިސްވެރިން އޭރު ވެސް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރި އެވެ. ނަމަވެސް ޝިޔާމް ހިމެނޭހެން ޕީޕީއެމްގެ އިސްވެރިން އެ ތުހުމަތުތައް ދޮގުކުރި އެވެ.
މީދޯ އޮފީސް ނުހިންގާ ކުރާކަމަކީ. ޔާމީނަށް ދަނޑުދީފަ އިންނަށް މަޖުބޫރުވީ ކަމަށް ވަނީ. އޮފީސްވެސް ނުހިންގޭ.. ދެންއުޅޭ މީހެއް ހިންގުމެއްނެއް ވެރިއެއް.
ރިޕްލައިކޮންމެސް ކޮންމެސް ޝިޔާމު ކިޔާ މީހަކާ އިނދެގެން އުޅޭ އަންހެނަކު ވިއްޔާ ދެއަނބިންނާ އިންނަން ހުއްދަދޭން ތައްޔާރަށް ތިބޭތި. އަދި ޚާއްސަކޮށް ރައްޔަތުންގެ މަޖުލީހުގެ މެންބަރެއްނަމަ ޝިޔާމް މިނަމަކީ ދެއަނބިން ތިބޭން ލާޒިމު ނަމެއް.
ރިޕްލައިދެން މި ސަރުކާރުގެ މަތިފަޑީގަ ތިބި ބޭބޭފުޅުން ރ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނާ ދެއަތްބަށް ކައިވެނި ކުރަންވީނޫންތޯ؟ ފެންނަމުން މިދަނީ މިސަރުކާރުގެ ހިޔަޅުކަން، މުނާފިގުކަން
ރިޕްލައި