ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އީސީގައި ފުއާދުގެ ދައުރު 23 ނޮވެމްބަރުގައި ހަމަވުމާއެކު ހަމަ އެ ހަފްތާގައި ރައީސް މުއިއްޒު ވަނީ ފުއާދުގެ ނަން ވަނީ ތައިލެންޑް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފަ އެވެ.

މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ތައިލެންޑު ސަފީރުކަމަށް ފުއާދުގެ ޝަރުތު ހަމަވާ ކަމަށެވެ. އެއާއެކު ކޮމިޓީގެ އިއްތިފާގުން، ނުވަ މެންބަރުންގެ ވޯޓާއެކު ފުއާދު އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ރުހުން ދީފަ އެވެ.

ދެ ދައުރު އީސީގެ ރައީސްކަން ކުރެއްވި ފުއާދު އެންމެފަހުން މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ 24 ނޮވެމްބަރު 2019ގަ އެވެ. އަދި ކޮމިޝަންގެ ރައީސްގެ މަގާމަށް އޭނާ ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރު އެވެ.