ދާދިފަހުން ކައިވެނިކުރި ބ. ކަމަދޫ އާމިނަތު ޒާރާއާއި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މެދުގައި މައްސަލަޖެހި ޒާރާއަށް އަނިޔާ ކުރިކަމަށް އަޑުފެތުރިފައި ވަނިކޮށް އޭނާ އެކަން ދޮގުކޮށްފި އެވެ.
ޒާރާ ބުނެފައިވަނީ ސިޔާމަކީ އެއްވެސް މީހަކަށް ހާއްސަކޮށް އަންހެނަކަށް އަނިޔާއެއް ކުރާނެ މީހެއް ނޫން ކަމަށެވެ.
ޒާރާ މިހެން ބުނެފައިވަނީ ސިޔާމް ޒާރާއަށް އަނިޔާކުރުމުން ޒާރާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން އެކަމަށް ރައްދުދީ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގަ އެވެ.
ޒާރާ ބުނީ އޭނާގެ ފިރިމީހާއަކީ މަންމަ ދެކެ ނުހަނު ލޯބިވާ މީހެއް ކަމަށާއި އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
ސިޔާމްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި ފުރައްސާރަ ވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ސިޔާމްގެ އެ ނަޒާހަތްތެރިކަމަކީ އޭނާގެ ކިބައިން ނިގުޅައިގެނެވޭނެ ސިފައެއް ނޫންކަމަށް ޒާރާ ވަނީ ބުނެފަ އެވެ.
ނިމިދިޔަ ބޮޑު އީދުގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މީހުންގެ ސަމާލުކަން ލިބުނު ޒާރާ އާއި ވިޔަފާރިވެރިޔާ ސިޔާމް ކައިވެނިކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ ދެމަފިރިންގެ ކައިވެނީގެ އުފަލުގައި ގިނަ ހަފްލާތަކެއް ބާއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ވަރަށް ނަޒާހަތްތެރި މީހެއް އެއީ. މީސްމީހުންނަށް ފޯނުކޮށްގެން އެ މީސްމީހުންނާ ދިމާއަށް އައުގުރާނަ ގޮވާފައި ހުރި އޯޑިއޯތައް ސޯޝަލް މީޑިއާއިން ފެނިފައިވޭ.
ރިޕްލައި