އއ. ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު 15:00 ހާއިރު، ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް އައިސް އުޅުނު ރަޝިޔާ ފަތުރުވެރިޔަކު އެ ރަށު ވަޅުމަގު ކޮޅު ބީޗްގައި ބަރަހަނާކޮށް އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކުށުގެ ވެއްޓަށް ފުލުހުން ދިޔުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ ފުލުހުންގެ ވެހިކަލަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފަތުރުވެރިޔާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބޭންކުތަކުން 500 މިލިއަން ޑޮލަރު ގެންނަންޖެހޭ: ޔާމީން
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފްތާ ހަވާލުކުރަނީ
އިށީނދެ އިންނަ ގޮތަކުން މައިބަދައަށް ގެއްލުންވޭ!
