ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ހާއްސަ ރަށް، އާ ރަށުގެ އެއް ދުވަހުގެ ކެއުމަށް 9000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާކަން ހާމަވެއްޖެ އެވެ.
އާރަށުގައި ކެއްކުމަށްޓަކައި ބައެއް ތަކެތި ގަތް އިންވޮއިސްގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެ އިންވޮއިސް އަންނަނީ ދައުރުވަމުންނެވެ.
އެ އިންވޮއިސްގައިވާ ތާރީޚަކީ އޭޕްރީލް 10 އެވެ. އެހެންކަމުން އެއީ އިއްޔެ ގަތް ތަކެތިކަން އެނގެ އެވެ. އެ އިންވޮއިސްއިން އެނގޭގޮތުގައި އާރަށުގައި ކެއްކުމަށްޓަކައި އިއްޔެ ގަނެފައި ވަނީ އެންމެ ފެންވަރު ރަނގަޅު އެއް ބީފް އާއި ބީފްގެ ލޭމްބް ޗޮޕްސްގެ އިތުރުން ފްރޯޒެން ޝްރިމްޕެވެ.
އެތަކެތި ގަތުމަށް ޖުމްލަ 9،900 ރުފިޔާ ހަރަދުވިކަން އެ އިންވޮއިސްއިން އެނގެ އެވެ.
ރައީސް މުހައްމަދު މުއިއްޒު އާ ރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެ މީހާގެ މައްސަލަ ތަހުގީގު ކުރަން ނިންމާފަ އެވެ.
ޑިފެންސް މިނިސްޓްރީން ގަބޫލުކުރާގޮތުގައި އެ މައުލޫމާތު ހޯދަނީ ޖިނާއީ ކުށެއްކުރުމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން އާރަށަށް ރައީސް ކުރައްވާ ދަތުރުފުޅުތަކަށް ހޭދަކުރާ ފައިސާގެ އަދަދު ހޯދަން އެދުމަކީ ކުށަކަށް ވާގޮތެއް ޑިފެންސް މިނިސްޓްރީއަކަށް ބުނެ ނުދެވެ އެވެ.
ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއިލާ އާއި ރަހުމަތްތެރިންނާއެކު ކޮންމެ ހަފްތާއަކު އާރަށަށް ވަޑައިގެން އުޅުއްވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް ވަނީ މި އަޑު ގަދަވެފަ އެވެ. ސަރުކާރުން މިކަން ދޮގުކޮށްފައެއް ނުވެ އެވެ. އަދި މިކަމުގެ މައުލޫމާތު ހިއްސާކުރަން ވެސް ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެކަމަކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ކުރައްވާނީ ހާމަކާއިއެކު ދެފުށް ފެންނަ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެދުވަހު ގަންނަ ހުރިހައިއެއްޗަކީ އެ ދުވަހު ކައި ހުސްކުރާން ޖެހޭ އެއްޗެއްބާ. ހަނޑޫ ބަސްތާއެއް ގަންނަ ދުވަހު، އެ ގޮލާ ވެސް ހުސްކުރާން ޖެހޭނެތާ
ރިޕްލައި