ދިގު އިންތިޒާރަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ހަތްވަނަ އަލްބަމް މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފި އެވެ.
"ސްވޭގް އޮން"ގެ ނަމުގައި ރިލީޒްކުރި އެ އަލްބަމްގައި ޖަސްޓިންގެ އަޑުން ކިޔައިދީފައިވާ 20 އަށްވުރެ ގިނަ ލަވަ ހިމެނޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޖަސްޓިންގެ މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ "ވޯކިން އަވޭ"ގެ ނަމުގައި އޭނާ ކިޔާފައިވާ ލަވަ އެކެވެ.
އެ ލަވައިގެ ޅެމުން ޖަސްޓިންއާއި އޭނާގެ އަންހެނުން ހެއިލީގެ ޒާތީ ދިރިއުޅުމަށް އިޝާރާތް ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އެގޮތުން ޖަސްޓިންއާއި ހެއިލީގެ ކައިވެނި ރޫޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އެ ލަވައިން ނިމުމެއް ގެނެސްފައިވާ ކަމަށާއި ހެއިލީއާ ދުވަހަކު ވެސް ވަކިނުވާނެ ކަމަށް އެ ލަވައިގައި ބުނެފައިވާ ކަމަށް އެމީހުން ފާހަގަކުރެ އެވެ.
ޖަސްޓިން އޭނާގެ ހަތްވަނަ އަލްބަމް ރިލީޒް ކޮށްފައި މިވަނީ އޭނާގެ ސިއްހަތާއި ޒާތީ ދިރިއުޅުމުގެ އިތުރުން މިއުޒިކްގެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މީޑިއާގައި އެކި ކަހަލަ ވާހަކަތައް ދެކެވެމުން ދަނިކޮށެވެ
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					