ރާއްޖެއަށް ވެސް އެތެރެކޮށް، މިހާރުވެސް ގިނަ ބަޔަކު ބޭނުންކުރާ އާވި އަރުވާ، އިންހޭލާއެއް ކަމަށްވާ ހޮންގް ތައި ބްރޭންޑުގެ ހާބަލް އިންހޭލާގެ ބެޗެއް ތަޣައްޔަރުވެފައިވާތީ އެ ކަމަށް ސަމާލުވުމަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އަންގައިފި އެވެ.
ތައިލެންޑްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހޮން ތައި ބްރޭންޑުގެ ހާބަލް އިންހޭލާ ފޯމިއުލާގެ ބެޗެއް ތަޣައްޔަރުވެ، ރައްކާތެރިކަމުގެ މިންގަނޑުތަކުން ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސަސްއިން ކުރި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ގޮތުގައި މި އުފެއްދުމުގައި ވަނީ، ޓޯޓަލް އެރޮބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް އެސްޕީޕީ ފަދަ މިންގަނޑުތަކުން ފެއިލްވެފަ އެވެ.
މި ޓެސްޓްތައް ހެދީ ހޮންގް ތައި ކޮމާޝަލް ހާބަލް ޕްރޮޑަކްޓްސް އުފައްދާ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުންނެވެ.
އެފްޑީއޭއިން ބުނީ ޖީ 309/62 ނަންބަރުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި އުފެއްދުމަކީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓްރީން 2021 ވަނަ އަހަރު ކަނޑައަޅާފައިވާ، ރަޖިސްޓްރީކޮށްފައިވާ ގަސްގަހާގެހިން އުފައްދާ އުފެއްދުންތަކުގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑަށް ވެސް ފެތޭ އުފެއްދުމެއް ނޫން ކަމަށެވެ.
އެ ގައުމުން ބުނި ގޮތުގައި ތަޣައްޔަރުވެފައިވާ ބެޗަކީ 000332 ނަންބަރު ބެޗެވެ. މި ބެޗު އުފެއްދި ތާރީހަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހެވެ. އަދި މުއްދަތު ހަމަވާ ތާރީހަކީ 2027 ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ.
އެއާއެކު މާކެޓުގައި މިހާރު ދައުރުވަމުން އަންނަ މި އުފެއްދުން ނުގަންނަން ތައިލެންޑްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ އިލްތިމާކޮށްފަ އެވެ.
ތައިލެންޑުގެ އިތުރުން މެލޭޝިއާ، އިޑޮނީޝިއާ ފަދަ ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ މި އުފެއްދުން މަނާްކޮށްފަ އެވެ.
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
"މޫޑް" ބަދަލުވަނީ މޫސުމުގެ ސަބަބުންތަ؟