ވޭޕް ކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު އެކަނިވެސް 226،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މަހު ވޭޕް ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ގުޅޭ 25 މައްސަލައެއް ވަނީ ބަލާފަ އެވެ. އެ މައްސަަލަތަކުގައި 35 މީހަކު ހިމެނޭ ކަމަށާ އެ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެގޮތުން ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 15 މީހަކާއި ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 19 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ މީހުން ޖޫރިމަނާ ކޮށްފައިވަނީ 226,000 ރުފިޔާ އެވެ.

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައުވާގޮތުން، އެ ގާނޫނާ ހިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހެ އެވެ.