މި ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލިއިރު، ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އީ-ފާސް އަށް ނުވަދެވޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ މުއްދަތު މާޗު 4، ގެ 23:59 އަށް ހަމަވާނެ ކަމަށެވެ. އަދި ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ނިންމާފަ އެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. ފްލެޓްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅުންނެވެ.
ފްލެޓް ދޫކުރަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް ދެ އެވެ. އެކަމަކު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް ދެނީ 1،500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް ދިނުމަށް ވަނީ ނިންމާފަ އެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ކަފަ ބުރުން ކަންފަތް ސާފު ނުކުރާތި!
ހޫނުގަދަ ދުވަހެއްގައި ހެދުން އަޅާއިރު ސަމާލުވާންވީ ދެތިން ކަމެއް!
