ޕްރިންސަސް ޑަޔާނާގެ މަރުގެ ހާދިސާއާ ގުޅިގެން، އެކަމަނާ ދެއްކެވި ކަމަށް ބުނާ އާދަޔާ ހިލާފު ވާހަކަތަކެއް އަނެއްކާވެސް މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.
މިގޮތުން އެކަމަނާ ވަނީ ބައެއް ފަރާތްތަކަކީ އިންސާނުން ނޫން ކަމަށާއި، އެމީހުން އިންސާނުންގެ ލޭ ބޮއެގެން ހިންގާ ބިރުވެރި ރަސްމިއްޔާތުތަކެއް ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޑަޔާނާ ވިދާޅުވެފައި ވަނީ، "މިއީ އިންސާނުންނެއް ނޫން. އެ މީހުން އިންސާނުންގެ ލޭ ބޮއެގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތައް އަހަރެން ދުށިން. އަދި އެމީހުންނަށް އަހަރެން ފެނުނު ނަމަ، އަހަރެން މަރާލާނެ،" ކަމަށެވެ.
މި ވާހަކަތަކަކީ އެކަމަނާގެ މަރުގެ ކުރިން ދެއްކެވި ވާހަކަތަކެއް ކަމަށް ރިޕޯޓުތަކުގައި ބުނެ އެވެ.
މިފަދަ ނުރައްކާތެރި ވާހަކަތަކެއް ދެއްކެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ޕެރިހުގެ ބްރިޖެއްގެ ދަށުން ޑަޔާނާ ދަތުރުކުރެއްވި ކާރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ވެފަ އެވެ. މި ހާދިސާ ހިނގުމަށްފަހު، އެކަމަނާ އަވަހާރަވަންދެން 45 މިނެޓް ވަންދެން ބަޔަކު މަޑުކޮށްގެން ތިބި ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެޕްސްޓީން ހިންގި ބިރުވެރި ޖަރީމާތަކުގެ ވާހަތަކާއި މަންޒަރުތައް ޑަޔާނާއަށް ކޮންމެވެސް ގޮތަކުން ވަނީ ފެނިފަ އެވެ. އެހެންވެ ކަންކަން ފަޅާ އެރުމުގެ ކުރިން ބަޔަކު ރާވައިގެން ޑަޔާނާ އެކްސިޑެންޓް ކޮށް ގަސްތުގައި މަރާލީކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ޕްރިންސަސް ޑަޔާނާގެ މަރުގެ ހާދިސާއަކީ މިއަދާ ހަމައަށްވެސް ގިނަ ސުވާލުތަކަކާއި ކަންބޮޑުވުންތަކެއް އުފެދިފައިވާ މައުޟޫއެކެވެ. މިފަދަ އާ މައުލޫމާތުތަކާއެކު، އެ ހާދިސާގެ ފަހަތުގައިވާ އަސްލު ސަބަބުތަކާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޑަޔާނާ އަވަހާރަވެފައި ވަނީ 1997 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
ރަމަޟާން މަސް ނިމެންދެން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް
ގޭތެރެއިން ފަރުނީޗަރު މަދުކޮށްލާ!
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން