އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޣަފޫރު މަގާމުން ވަކިކުރުމަށް އެދި 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެންނެވެ. މި މައްސަލަ ޕާޓީގެ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވަ އެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފާއިތުވި ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދެއްވުން ހިމެނެ އެވެ.
މީގެ އިތުރުން، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައެއް މުހިންމު މަގާމުތަކުން ބޭފުޅުން ވަކިކުރަމުންދާ ކަމުގެ ތުހުމަތުވެސް ވަނީ އޭނާގެ މައްޗަށް ކުރެވިފަ އެވެ.
މި މައްސަލައާ ގުޅިގެން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމަން ވާނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން އެއްބަސްވުމާ ހިލާފުވާތީ ހޮރްމޫޒް ކަނޑުއޮޅި ބަންދު
ރައްޔިތުން މި ހުދުމުހުތާރުވެރިކަން ނިންމާނެ: އައްބާސް
ލަންކާގައި ރާއްޖޭގެ 4،200 ކޮންޓެއިނަރު ތާށިވެފައި
ނުކެރޭނެ ވަކިކުރާކަށް
ރިޕްލައި