މިސްރުގެ ސަލާމަތާއި ރައްކާތެރިކަމަކީ އީރާނުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށާއި، ދާދިފަހުން ދިން ހަމަލާއަކީ އިޒްރޭލުގެ ރޭވުމެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، މިސްރުގެ ސަލާމަތާއި ހަމަޖެހުމަކީ ތެހެރާނަށް ނުހަނު މުހިންމު ކަމެކެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މިސްރަކީ މި ސަރަހައްދުގައި އީރާނުގެ މުހިންމު ރަހުމަތްތެރިއެއް އަދި ބައިވެރިއެކެވެ.
ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ، މިސްރުގެ ދާމިއެޓާ ބަނދަރުގައި އޮތް އުޅަނދުތަކަކަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. މި ހާދިސާއާ ގުޅިގެން، ހަނގުރާމަ އިތުރަށް ފުޅާވެ، އާ ދިމާލަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
އީރާނުގެ ހާރިޖީ ވަޒީރު ވަނީ މި ހަމަލާއަކީ އިޒްރޭލުން ހިންގި އޮޕަރޭޝަނެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އަދި ސަރަހައްދީ ސުލްހަ ނަގާލުމަށް އިޒްރޭލުން ރާވާ ރޭވުންތަކާއި، މަކަރުވެރި އުކުޅުތަކަށް އެންމެހައި ފަރާތްތަކުން ސަމާލުވުމަށް އޭނާ ގޮވާލެއްވި އެވެ. މީގެ އިތުރުން، އިޒްރޭލުން ކުރިމަތިކުރާ މި ނުރައްކަލަކީ މުސްލިމުންގެ އެއްބައިވަންތަކަމާ މެދު ބިރުގަންނަ، އެންމެންނަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ހާޒިރުވެގެން އިމްތިހާނު ހަދާ އުސޫލަށް އަމަލުކުރުން ފަސްކޮށްފި
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން
ހަމާސްގެ ހަތިޔާރު އަތުލުމާ ބެހޭ އެއްބަސްވުމެއް ގާއިމުކޮށްފި
