އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭ "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ބޭކާރު މައްސަލަތަކެއް އުފެދެމުންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ ގްރޫޕުން ނުކުމެވަޑައިގެންފި އެވެ.
ފައްޔާޒު އެ ގްރޫޕުން ނުކުތީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވަން ޖެހޭނެ ކަމަށް ބުނެ ގްރޫޕުގެ ބައެއް މެންބަރުން ވާހަކަދައްކަން ފެށުމާ ގުޅިގެންކަން ވަނީ އެނގިފަ އެވެ.
ގްރޫޕުން ވަކިވެވަޑައިގަންނަވަމުން ފައްޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ ގްރޫޕް އުފެއްދި އަސްލު މަގުސަދު މިހާރު ގެއްލި، އެތެރޭގައި ބޭކާރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި، ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
"ވީމާ އަޅުގަނޑު މި ގްރޫޕުން ވަކިވެލާނަން. ބޮޑު ބަދަލަކީ މި ގައުމަށް މުހިއްމު މަސައްކަތެއް، އެކަމުގައި ވީހާ ވެސް ގިނަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެ،" ގްރޫޕުން ނުކުމެވަޑައިގަންނަވަމުން ފައްޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން، 2024 ވަނަ އަހަރުގެ ތެރޭގައި އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕެއްގައި ފައްޔާޒު ވަނީ ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.
އޭގެ ފަހުން، ރައީސް ނަޝީދާއެކު ސިޔާސީ ގޮތުން ގުޅިވަޑައިގެން މަސައްކަތްޕުޅު ފައްޓަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައްޔާޒު ތައްޔާރުވަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
އެ ދުވަސްވަރު ރައީސް ނަޝީދު ވެސް ވަނީ ފައްޔާޒާއެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް "ބޮޑު ބަދަލު" ގްރޫޕުގެ ތެރޭގައި އަނެއްކާވެސް ރައީސް ނަޝީދު ވާދަކުރެއްވުމުގެ ވާހަކަތައް ފެންމަތިވުމުން، އެތެރޭގެ މަސްލަހަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
"މަރުވި ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ބެލެވޭ"
ކައިވެނި ކުރިތާ 5 މަސް ފަހުން ބާދްޝާހްއާއި އަންހެނުން ވަރިވެއްޖެ
މައިކަލް ޖެކްސަންގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި
މިއީ އިންތިޒާމީކޮށް ރޭވުންތެރިކަމާއެކު ކުރިއަށްދާ ކަމެކެވެ. މިކަމުގައި އިސްދައުރެއް އަދާކުރަނީ ނަޝީދުގެ އަރިސް ބޭފުޅުންނެވެ. މަންޒަރު ފެންނަގޮތުން މިހާރު ފައްޔާޒުގެ މަޤުބޫލުކަން އަންނަނީ ދަށްވަމުންނެވެ. އެހެންވެ އެފަޅިއަށް ކާމިޔާބު ނުވެދާނެ ކަމުގެ ބަހަނާ ދައްކަވައި، ރިޔާސީރޭހުގަ ނަޝީދު ވާދަކުރަން ޖެހޭނެކަމަށް ޚުދު އެމަނިކުފާނުވެސް ޤަބޫލު ކުރައްވައެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ޙަސަންލަތީފު ފަދަ ބޭފުޅުން ވަނީ މާކުރިން ނިންމަވާފައެވެ.
ރިޕްލައި