ރައީސް މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންދެން އިދިކޮޅު އެމްޑީޕީން ސިލްސިލާ ހަރަކާތްތަކެއް ހިންގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އަޅަމުންދާ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތައް އެޅުން ހުއްޓާލައި، އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއެކު އެއް މޭޒަކަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ގޮވާލާފަ އެވެ. އަދި އެ މަގުން ކަންކަން ހައްލުކުރަން އުޒުރުވެރިވާނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، އެ ހަރަކާތްތަކަށް ވިޔަފާރިތަކުން މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގަރާރުގައި އެދިފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވައި، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ލާޒިމުކުރުމަކީ ވިޔަފާރިވެރިންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުކުރެވޭނީ ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުކޮށްގެން ކަމަށާއި، ބޭރަށް ދައްކަންޖެހޭ ޑޮލަރު ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރަށް އަޅެމުންނުދާ ކަމަށް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މި ގަރާރު ފާސްވީ މިރޭގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް
ރިސޯޓުތަކުގެ ވެރިންނަށް ރައީސް: ދައްޗެއް ނުވާނެ
