މިދިޔަ އާދިއްތަ ދުވަހު ހަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދީ އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަން އޭނާގެ އަމިއްލަ އުޅަނދުގައި ޖައްވަށް ދަތުރުކުރި ހަބަރެވެ.
ހަ ފަޅުވެރިންނާއެކު ދުނިޔޭގެ ސަތަހައިން ބޭރުގައި 50 މޭލު ދުރަށް ދަތުރުކޮށްފައިވާ ކަމަށް ބްރޭންސަންގެ ވާޖިން ގެލެކްޓިކްއިން ބުނެފައިވެ އެވެ. މިއީ ޖައްވީ ޕްރޮގްރާމްގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.
ސަހަތައިން ބޭރު 50 މޭލުގެ އުސްމިނަކީ ދުނިޔޭގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރެޝަން (އެފްއޭއޭ) އިން އެސްޓްރޮނޯޓް ވިންގްސް ދިނުމަށް ޝަރުތު ހަމަވާ އުސްމިނެއް ނަމަވެސް އެއީ ދުނިޔޭގެ ބޭރު ސަތަހައިގެ ތެރެ ކަމަށް ޖައްވީ ސައިންޓިސްޓުން ބުނެ އެވެ.
އެ ގޮތުން އެއީ މެސޮޕޯސް އޭ ކިޔުނު އެޓްމޮސްފިއާގެ ސަރަހައްދެވެ. ދުނިޔޭއަށް ފެންނަ އެންމެ އުސް ވިލާތައް ހުންނަނީ އެ ސަރަހައްދުގަ އެވެ.
މިކަންކަމަށް ބަލާއިރު ބްރޭންސަން ދުނިޔެއިން ބޭރަށް ދަތުރެއް ކުރި ކަމަށް ބުނެވޭކަށް ނެތެވެ. އެއީ އޭނާ ދަތުރުކުރި އެންމެ އުސް ހިސާބުތަކުގައި ވެސް ވިލާތަކުގެ އަސަރު ހުރީމަ އެވެ. އެހެންކަމުން އެލަން މާސްކްގެ ސްޕޭސް އެކްސް އާ އަޅާބަލާއިރު ވީއެސްއެސް ޔުނިޓީގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފެދެ އެވެ.
ބްރޭންސަން އާއި އޭނާގެ ފަޅުވެރިން ގްރެވިޓީއާ ނުލައި ހަތަރު މިނެޓްވަރު ހޭދަ ކުރިއިރު އެއީ ދުނިޔޭގެ ސަތަހައިގެ އެންމެ ބޭރުގައި ވެދާނެ ކަމެކެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ބްރޭންސަން ދަތުރުކުރީ ޖައްވަށޭ ބުނެވޭކަށް ނެތެވެ. އެއީ ދުނިޔޭގެ ސަތަހައިގެ އެންމެ ބޭރު ފަށަލަ އެވެ.