Hurihaa.mv
Hurihaa.mv
ޑޮލަރު މާރުކުރުމުގެ އައު ސިޔާސަތުތައް ރައީސް މުއިއްޒު ދިފާއު ކުރައްވައިފި
                    <description>ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު ބޮޑުވަމުންދާތީ، ފަތުރުވެރިކަމުގެ ދާއިރާއަށާއި މަނީ އެކްސްޗޭންޖު ފިހާރަތަކަށް އަމާޒުކޮށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތައް ރައީސް މުހައްމަދު މުއިއްޒު މިރޭ ދިފާއު ކުރައްވައިފި އެވެ.
ސަރުކާރުން ވަނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުން މަޖުބޫރު ކުރުމަށާއި، ހުއްދަ ނެތި ޑޮލަރު މާރުކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ނިންމާފަ އެވެ.
ރައީސް އޮފީހުގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު...</description>
ބޭރުގެ އެޖެންޓުން އަތުން ޓެކްސް ނަގަން އުޅެނީ މަޝްވަރާނުކޮށް: މަޓާޓޯ
                    <description>އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫރް އޮޕަރޭޓަރުން (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ އިންސާފުވެރި ޓެކްސް ނިޒާމަކަށް ތާއީދުކުރި ނަމަވެސް، މީރާއިން ސިނާއަތުގެ ފަރާތްތަކާ އެކަށީގެންވާ މަޝްވަރާނުކޮށް ހުށަހެޅި މި އިސްލާހަކީ ދިވެހި ވިޔަފާރިތަކަށް ރައްކާތެރިކަން ލިބޭނެ ކަމެއް...</description>
ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އަބްދުﷲ ޔާސިރު
                    <description>ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އަބްދުﷲ ޔާސިރު މިއަދު އައްޔަންކުރައްވައިފި އެވެ.
ޔާސިރު އެ މަގާމަށް ހަމަޖެއްސެވީ އެ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ.
ވީއެމްސީން މައުލޫމާތު ދޭ ގޮތުގައި ޔާސިރަކީ ފަތުރުވެރިކަމާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެން...</description>
މާވަށުގައި ހިންގި ހަމަނުޖެހުމުގައި މީހަކު މަރާލި މީހާއަށް މަރުގެ ހުކުމް
                    <description>ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގައި މީހަކު މަރާލި މީހާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ އެ ހަމަލާއަށްފަހު މުހައްމަދު އަމަލުކުރި ގޮތާއި ހެކިންގެ ހެކިބަހަށް ބަލާއިރު އެއީ ގަސްދުގައި ދިން...</description>
ރައީސްގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން ޚަލީލް އިސްތިއުފާ ދެއްވައިފި
                    <description>ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުހައްމަދު ހަލީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ކުރިން ކަނޑައަޅާފައި އޮތީ ރިސޯޓުތަކުގެ އާމްދަނީގެ...</description>
ބާޒާރުން ކުކުޅު ބިސް ހުސްވެއްޖެ، ފިހާރަތަކުން ވިއްކަނީ ކޮންޓްރޯލްކޮށްގެން!
                    <description>މާލޭ ބާޒާރުގައި ކުކުޅު ބިސް ހުސްވެ، ރީޓެއިލް ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލްކުރަން ފަށައިފި އެވެ.
އާންމުކޮށް ދިވެހީންގެ ކޭންބުއިމުގައި ދުވަހުން ދުވަހަށް ބޭނުންކުރާ އެންމެ އަސާސީ އެއް ބާވަތް ކަމަށްވާ ކުކުޅު ބިސް ބާޒާރުން ހުސްވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
މިކަމުގެ ސަބަބުން ރީޓެއިލް ފިހާރަތަކުން އާންމުންނަށް ބިސް ވިއްކަމުން ދަނީ ވަކި މިންވަރަކަށް ކޮންޓްރޯލް ކޮށްގެންނެވެ.
މާލޭގެ ބައެއް ފިހާރަތަކުން މައުލޫމާތު ދޭ ގޮތުގައި، ހޯލްސޭލްކޮށް ބިސް ގަންނަން...</description>
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީޒު ޖަމާލު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
                    <description>އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ކުރިންވެސް އެ މަގާމު ފުރުއްވާފައިވާ އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ނެގުނު ވޯޓުގައި، އަބްދުލްއަޒީޒަށް ރުހުން ދިނުމަށް ފެންނަ ކަމަށް 47 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު...</description>
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭ ބިލު މަޖިލީހުން ފާސްކޮށްފި
                    <description>ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމާއި ކުއްޔަށް ދޫކުރުމުގެ އެންމެހައި ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ކަންކަމަށް...</description>
ޑޮލަރު އާމްދަނީގެ %40 މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ބިލު މަޖިލީހުން ފާސްކޮށްފި
                    <description>ރާއްޖޭގެ ރިސޯޓުތަކަށް ޑޮލަރުން ލިބޭ ޖުމްލަ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތުގައި ރައީސް އަބްދުއްރަހީމް އަބްދުﷲ އިންނެވި މި ޖަލްސާގައި މި ބިލު ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މީގެއިތުރުން އިދިކޮޅު މެންބަރުން މި ބިލަށް...</description>
ލިބޭ ޑޮލަރު ސަރުކާރުން ބޭކާރުކޮށްލަނީ، ކާރިސާ އުފެއްދީ އަމިއްލައަށް: އަމީރު
                    <description>ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާއާއި، ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރު ވެސް މި ސަރުކާރުން ނަހަމަ ގޮތުގައި އިސްރާފު ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ ސަރުކާރުން ކުރަން ނުޖެހޭ ބޭކާރު ހަރަދުތައް ކުރުމުގެ ސަބަބުން އަމިއްލައަށް އުފައްދައިގެން އުޅޭ ކާރިސާއެއް ކަމަށެވެ.
އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި...</description>
ޑޮލަރު މާރުކުރުމުގެ ކަންބޮޑުވުންތަކާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
                    <description>ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ސާޅީސް ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މާރުކުރަން ލާޒިމުކުރަން ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަތީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދާ ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ...</description>
މަދަނީ މިންގަނޑުން ސާބިތުވުމުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ!
                    <description>ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހެދުމާއެކު، ރާއްޖެއިން ބޭރުގައި ހުންނަ މުދާ ވެސް ހިފެހެއްޓޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ފޮނުވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ....</description>
އިންޑިއާގައި އަނެއްކާވެސް ޒުވާނުންގެ މުޒާހަރާތަކެއް، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގި
                    <description>ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށާއި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިމްތިހާނުތަކުގެ އިތުބާރު ކަށަވަރުކޮށް ދިނުމަށް ގޮވާލައި، އިންޑިއާގެ ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ގެކޮޅުކައިރީގައި ދަރިވަރުންނާއި ވަޒީފާނެތް ޒުވާނުން އަންގާރަ ދުވަހު ކުރި މުޒާހަރާގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ގާތްގަނޑަކަށް 130 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބިހާރުގެ ވެރިރަށް ޕަޓްނާގައި ކުރިއަށްދިޔަ މި މުޒާހަރާގެ ބައިވެރިން ސަލާމަތީ ފިޔަވަޅުތައް މުގުރާލައި ކުރިއަށް ދާން ފެށުމުން، ފުލުހުން...</description>
އިޒްރޭލާ ގުޅުން ގާއިމްކުރަން ޝަރުތުކޮށް، ސައުދީ ނިއުކްލިއާ އެއްބަސްވުން ކޮންގްރެސްއަށް
                    <description>އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަދަނީ ނިއުކްލިއާ ހަކަތައާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއާއެކު އެކުލަވައިލި އެއްބަސްވުމެއް ކޮންގްރެސްއަށް ހުށަހަޅުއްވައިފި އެވެ. ނަމަވެސް، މި އެއްބަސްވުން ތަސްދީގުކުރެވޭނީ ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުން އެކަނި ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އޮގަސްޓް 25 ގައި ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.
ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލް ބުނި ގޮތުގައި، ޖުލައި މަހު އެއްބަސްވުމަކަށް އައިސްފައިވާ މި މުއާހަދާ...</description>
ބުރަކަށީގައި ރިހުން: މައިބަދައިގެ މަައްސަލައެއްތަ ނޫނީ އެހެން ކަމެއް ތަ؟ 
                    <description>ބުރަކަށީގައި ރިއްސުމަކީ އަހަރުމެންގެ މެދުގައި ވެސް ވަރަށް އާންމު ކަމެކެވެ. ގިނަ ފަހަރަށް މިއީ ބަރު އެއްޗެއް އުފުލުމުން، ކަސްރަތު ކުރުމުން، ނުވަތަ ގިނައިރު ވަންދެން އެއްގޮތަކަށް އިނދެވުމުން މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވާ ކަމެކެވެ.
ނަމަވެސް ބުރަކަށީގައި ރިއްސާ ކޮންމެ ފަހަރަކީ ހަމައެކަނި މަސްގަނޑަށް ލިބޭ އަނިޔާއަކަށް ނުވެދާނެ އެވެ. މިއީ މައިބަދައިގެ ނުވަތަ ނާރުގެ ސީރިއަސް މައްސަލައެއްގެ އަލާމާތަކަށްވެސް ވެދާނެ އެވެ.
މަސްގަނޑަށް ލިބޭ އަނިޔާތައް
މަހުގެ މައްސަލައަކުން ދިމާވާ...</description>
ރެއާދުވާލުގެ ކެއިންބުއިމުގައި ލޮނު ހިމަނަންވީ ކިހާ ވަރަކަށް؟ 
                    <description>ކެއިންބުއިމުގައި ލޮނު ބޭނުންކުރާ މިންވަރު ގިނަވުމަކީ ހަށިގަނޑުގެ ސިއްހަތަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމެއް ކަމަށާއި، މިއީ ހަށިގަނޑުގެ އިލެކްޓްރޯލައިޓްސްގެ ބެލެންސް ގެއްލި ތަފާތު ނުރައްކާތެރި އަލާމާތްތައް ފެންނަން މެދުވެރިވާ ކަމެއް ކަމަށް ކިޑްނީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ވިކްރަމް ކަލްރާ ވިދާޅުވެއްޖެ އެވެ.
ދުވާލަކަށް ކެއުމުގައި ބޭނުންކުރަންޖެހޭ ލޮނުގެ މިންވަރު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ލަފާޔާ އެއްގޮތަށް، ބޮޑު މީހަކު ދުވާލެއްގެ މައްޗަށް ކެއުމުގައި ބޭނުން ކުރަންވާނީ ފަސް...</description>
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟ އޭނާގެ ޖަވާބު!
                    <description>ރިއަލިޓީ ޓީވީ ޝޯ ތަކުން މަޝްހޫރުވި ކްލޯއީ ކާޑޭޝިއަން ފިލްމީ އަދި ޑްރާމާ ސިރީޒްތަކުން ފެނިގެން ހިނގައިދާނެ ކަމަށް އޭނާގެ ފޭނުން އުންމީދުކުރި ނަމަވެސް، އެފަދަ އެއްވެސް ހިޔާލެއް މިވަގުތު ނެތް ކަމަށް އޭނާ ހާމަކޮށްފި އެވެ.
"ދަ ހޮލީވުޑް ރިޕޯޓާ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފިލްމު ކުޅުމާ މެދު ދެކޭގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އުމުރުން 42 އަހަރުގެ ރިއަލިޓީ ތަރި ބުނި ގޮތުގައި، ފިލްމުތަކާއި ސްކްރިޕްޓްޑް...</description>
"ސްޕައިޑަމޭން"ގެ ކާމިޔާބާއެކު ހޮލީވުޑްގެ ގަދަ 5ގެ ލިސްޓުން "ޓައިޓޭނިކް" ބޭރަށް؟
                    <description>ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ފޯރިގަދަ އެއް ފްރެންޗައިޒް ކަމަށްވާ މާވެލްގެ އާ ފިލްމު "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" ބޮކްސް އޮފީހުގައި އާ ރެކޯޑުތައް ހަދަމުން ގޮސް ޖޭމްސް ކެމަރަންގެ މަޝްހޫރު ފިލްމު "ޓައިޓެނިކް"ގެ ޖުމްލަ އާމްދަނީގެ ރެކޯޑާ ވަރަށް ބޮޑަށް ގާތަށް ޖެހިލައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޖުމްލަ އާމްދަނީ މިހާރު...</description>
ސަލްމާންގެ ކުރިއަށް އޮތީ ސުޕަހީރޯ ފިލްމެއް، ޖެނުއަރީ މަހު މަސައްކަތް ފަށަނީ!
                    <description>ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ ސަލްމާން ހާންގެ ސުޕަހީރޯ ފިލްމެއްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއީ ސަލްމާންގެ ފިލްމީ ކެރިއަރުގައި ވަރަށް ތަފާތު އަދި އޭނާގެ ފޭނުން އިންތިޒާރު ކުރަމުން އަންނަ ފަދަ ވަރަށް ހާއްސަ މަޝްރޫއަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމަކީ ސަލްމާން މަޝްހޫރު ޑައިރެކްޓަރުންގެ ޖޯޑު...</description>
ތާޕްސީގެ "ގަންދާރީ"އަށް ކޮޕީ ރައިޓް އިލްޒާމުތަކެއް!
                    <description>ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ނެޓްފްލިކްސް ތުރިލާ ފިލްމު "ގަންދާރީ"އާ ގުޅޭގޮތުން ކޮޕީރައިޓްގެ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ފިލްމު ރިލީޒް ކުރަން ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި، ލިޔުންތެރިއެއް ކަމަށްވާ ކަލްޔާން ބަންޑީ ވަނީ މި ފިލްމަކީ 2019 ވަނަ އަހަރު އޭނާ ލިޔެ ރަޖިސްޓްރީ ކޮށްފައިވާ ވާހަކައަކާ ވަރަށް ބޮޑަށް އެއްގޮތް ވާހަކައެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
އޭނާ ބުނާ ގޮތުގައި، މި ވާހަކައިގެ...</description>