ތެލް އަވީވް (20 ޑިސެމްބަރު) - މާދަމާއިން ފެށިގެން އިޒްރޭލުގެ ރައްޔިތުން އެމެރިކާއަށް ދަތުރު ކުރުން މަނާ ކޮށްފި އެވެ.

ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި އިޒްރޭލުގެ ރައްޔިތުން އެމެރިކާއަށް ދަތުރު ކުރުން މަނާ ކޮށްފައި ވަނީ ކޮވިޑް 19ގެ އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް ބުނެ އެވެ.

ނަަމަވެސް މި ފަހަކަށް އައިސް އިޒްރޭލާއި އެމެރިކާގެ ގުޅުންތައް ހީނަރުވެފައިވުމާއެކު މި ނިންމުުމުގެ ފަހަތުގައި އިތުރު ސަބަބުތަކެއް ވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާ ހެދި އެދެގައުމުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ގުޅުންތައް ވަނީ ހީނަރުވެފަ އެވެ.

އެމެރިކާއިން އެ އެއްބަސްވުން އިޔާދަ ކުރަން ބޭނުންވާއިރު އިޒްރޭލުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާ އެއީ އީރާނަށް ދެވޭ ނުރަނގަޅު ފުރުސަތެއް ކަމަށް ބުނެ އެވެ. -- އަލް އަރަބިއްޔާ