މޫނުގައި ބިހި ނެގުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ކޮންމެ އުމުރެއްގައި މިހެން ދިމާވެދާނެ އެވެ. އެކަމަކު އެކަމަށް ފަރުވާ ކުރަން އެނގިއްޖެނަމަ އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ މިކަމަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާތަކަށެވެ.
އައިސް ކިއުބް
މިއީ އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަމެވެ. މިކަން ކުރުމަށް މޫނުގައި ބިހި ނަގާފައި ހުރި ތަންތަނުގައި އައިސް ބޭނުންކޮށްގެން މަސާޖް ކުރާށެވެ. މިހެން ހެދުމުން އެ ބިހިތަކުގެ ރަތްކަން ގޮސް ބިހިތައް ތިރިވާނެ އެވެ. އަދި އެ ބިހި ތެރޭ ހުންނަ ޖަރާސީމުތައް ބޭރުވާނެ އެވެ. މިގޮތަށް ބޭނުންކުރާއިރު އައިސް ކިއުބްތައް އަޅާނީ ފޮތިގަނޑެއްގެ ތެރެއަށެވެ. އަޅާފައި މޫނުގައި މަސާޖް ކުރާނީ އެވެ. ކޮންމެ ދުވަހަކުވެސް ދެ ތިން މިނިޓް ވަންދެން މިގޮތަށް ހެދިދާނެ އެވެ.
ދަތް އުނގުޅާ ބޭސް
މިއީވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދަތް އުނގުޅަން ބޭނުންކުރާ ބޭސް ބިހިތަކުގެ މަތީގައި ހާކާނީ އެވެ. ބޭހުގައި ބޭކިންގ ސޯޑާ އާއި ހައިޑްރޮޖެން ޕެރޮކްސައިޑް އެކުލެވިގެންވާއިރު، މީގެ ސަބަބުން މޫނުގެ ނަގާފައި ހުންނަ ބޮޑެތި ބިހި ވަރަށް ފަސޭހައިން ނައްތާލެވިދާނެ ކަމެކެވެ. މި ގޮތަށް ބިހިތަކުގައި ބޭސް އުނގުޅުމަށްފަހު އެއްރޭ ބަހައްޓާފައި ހެނދުނު މޫނު ދޮވެލާށެވެ.