މޫނުތެޔޮ ވުމަކީ ވަރަށްގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އާންމުކޮށް ތެޔޮ ހަންގަނޑެއް ހުންނަނަމަ މޫނުގައި ބިހި ނަގާ ރަނގަޅުނުވެ ގިނަ ދުވަސް ވަންދެން ހުރެ އެވެ. އެހެން ކަމުން މިފަދަ ހަންގަނޑަކަށް ފަރުވާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިރީގައި މިވަނީ މޫނު ތެޔޮވާ ނަމަ ގޭގައި ތައްޔާރު ކޮށްގެން ބޭނުން ކޮށްލެވިދާނެ ފޭސްޕެކް ތަކެކެވެ.

ރީނދޫ ފޭސް ޕެކް

ރީނދޫއާއި ސޭންޑަލް ވުޑް ޕައުޑަރު ފެންފޮދެއްގައި އޮލަކޮށް ގިރާލުމަށްފަހު މޫނުގައި އުނގުޅާފައި 15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި ފޭސްޕެކް ކޮންމެ ދުވަހަކު އެއްފަހަރު ބޭނުން ކޮށްލެވިދާނެ އެވެ.

ފިނިފެން ޕޭސްޓް

ސޭންޑަލް ވުޑް ޕައުޑަރަށް ފިނިފެން (ރޯސްވޯޓާ) އެޅުމަށްފަހު ފޭސް ޕެކް ތައްޔާރުކޮށް މޫނުގައި އުނގުޅާށެވެ. މިފޭސްޕެކް ކޮންމެދުވަހަކު މޫނުގައި އުނގުޅާނީ 15 މިނެޓް ވަންދެންނެވެ.

ފޮނިތޮށި ޕޭސްޓް:

ފޮނިތޮށި ޕައުޑަރާއި ލުނބޯ ޖޫސް އަދި މާމުއި ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓް ތައްޔަރު ކުރާށެވެ. މި ޕޭސްޓް ކޮންމެ ދުވަހަކު މޫނުގައި އުނގުޅާފައި އެއް ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިޕޭސްޓުން މޫނުގައި ހުންނަ ލަކުނު އަދި ބިހިތައް ފިލާނެ އެވެ.