ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކުންފުނީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މެނޭޖަރުންނަށް އަމާޒުކޮށްގެން މެނޭޖާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
ސްޓެލްކޯގައި ކުރިއަށްދާ މި ޕްރޮގްރާމު ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
މި ޕްރޮގްރާމަކީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މެނޭޖަރުންނަށް ބާއްވާ ހަރަކާތެކެވެ.
ސްޓެލްކޯ އިން ހިދުމަތްދޭ 30 ރަށެއްގެ އިންޖީނުގެތަކުގައި މަސައްކަތް ކުރާ މެނޭޖަރުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ހިންގުމުގެ ހުނަރުތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްތައްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި