ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގޯހެކޭ އެންމެން ވެސް ބުނެ އެވެ. ފުއްޕާމެއަށް ލިބޭ ގެއްލުމަކީ މިކަމަށް އެންމެ މަގުބޫލު އުޒުރެވެ. މި ލިޔުމުގައި މި ބަލާލަނީ ސިނގިރޭޓު ބުއިން ހުއްޓާލަންޖެހޭ ބައެއް އެހެން ސަބަބު ތަކަށެވެ.

އަވަހަށް މުސްކުޅިވުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނާރުތަކުގައި ކުނިޖެހެން މެދުވެރިވާ ސަބަބެކެވެ. އޭގެ ސަބަބުން ލޭގެ ހިނގުން ކިލަނބުކޮށްލަ އެވެ. މިއީ ހަންގަނޑުގައި ހިމެނޭ ސެލްސްތަކަށް ލިބެން ޖެހޭ އޮކްސިޖެން އާއި މުހިންމު އެހެން ނިއުޓްރިއެންޓްސް އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އަޅާ ކަމެކެވެ. ނަތީޖާއަކަށް ވަނީ ހަންގަނޑުގައި ރޫޖެހި މުސްކުޅި ވުމެވެ.

ދަތްޕިލަ ހަޑިވުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވަރަށް ފަސޭހައިން ދަތްތައް ހަޑިކޮށްލައި ދަތްތަކުގެ ހުދުކަން ގެއްލުވާލާ ކަމެކެވެ. ޓޮބޭކޯ ޓާ އާއި ނިކޮޓިން އަކީ ދަތުގެ ހުދުކަން ނަގާލައި މަޑު ރީނދޫ ކުލައަކަށް އޭގެ ކުލަ ބަދަލުކޮށްލާ މާއްދާ ތަކެކެވެ.

ބޮލުން އިސްތަށި ފޭބުމާއި އަވަހަށް ނުރަވުން

ގަވާއިދުން ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ބޮލުން ގިނައިން އިސްތަށި ފައިބާކަމަށް ދިރާސާތަކުން ވަނީ އެނގިފަ އެވެ. ދިގުމުއްދަތަކަށް ދުންފަތުގެ އަޅަކަށް ބަދަލުވެފައިވާ ނަމަ އިސްތަށީގެ ފޮސިލްސްގައި ހިމެނޭ ޑީއެންއޭ އަށް ދުންފަތުގެ ވިހައިގެ އަސަރުކޮށް ހަލާކުވާ ކަމަށް ވެސް އެނގިފައިވެ އެވެ.