ބަރަހަނާ ފިލްމު އުފައްދައި ވިއްކުމުގެ ތުހުމަތުކުރި ރާޖް ކުންދުރާ އާންމުންގެ ތެރެއަށް މޫނު ފޮރުވައިގެން ނިކުތުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ދާދި ފަހުން ރާޖް ކުންދްރާ، އޭނާގެ އަންހެނުން ޝިލްޕާ ޝެޓީއާ އެކު އެއާޕޯޓުން ފެނިފައިވާއިރު، ރާޖް ފެނިފައި ވަނީ އޭނާގެ މޫނު އެއްކޮށް ފޮރުވާފައި ހުއްޓަ އެވެ. ނަމަވެސް އާންމުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ކިހާ ދުވަހެއް ވަންދެން މޫނު ފޮރުވައިގެން އުޅެވޭނެތޯ ފޭނުން ސުވާލުކޮށްފައިވެ އެވެ.

https://www.instagram.com/p/CbcZFWEqOFZ/

ބަރަހަނާ ފިލްމުތައް އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް ނެތުމާއެކު ސެޕްޓެމްބަރު މަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

އޭނާގެ އެ އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔައިރު، އެއްބަޔަކު ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައާއި ރޭޕްކުރުމުގެ ތުހުމަތުތައް ވެސް ކޮށްފަ އެވެ. އަދި ނަފްރަތާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އާންމުންގެ ބަހުގެ ހަމަލާތައް ރާޖަށާއި އޭނާގެ އަންހެނުން ޝިލްޕާ ޝެޓީއަށް ވެސް ދިޔައީ ރައްދުވަމުންނެވެ.