ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ، އަނެއްކާ ވެސް އޭނާގެ ލަވަކިޔުމުގެ ހުނަރުން ގިނަ ބައެއްގެ ތައުރީފު ހޯދައިފި އެވެ.

އިންޑިއާގެ ޝޯއެއް ކަމަށްވާ "ހުނަރްބާޒް"ގެ ފަނޑިޔާރުކަންކުރާ ޕަރިނީތީ ވަނީ ޝޯގައި އިތުރު ލަވަކިޔުންތެރިއަކާއެކު ލަވައެއް ކިޔާފަ އެވެ. ޕަރިނީތީ ކިޔާފައި ވަނީ އޭނާގެ ދައްތަ ޕްރިޔަންކާ ޗޯޕްރާ ކުޅެފައިވާ ފިލްމު ފެޝަންގެ "ޕްޔާރްހޭ ޝާޔަދް" ލަވަ އެވެ.

Adv by Media Net
Media Net
Adv by Coca Cola
Coca Cola

އެގޮތުން ޕަރިނީތީ ކިޔާފައިވާ ލަވަ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާގެ އެ ހުނަރަށް ތައުރީފު ކޮށްފަ އެވެ.

ޕަރިނީތި ހިއްސާކޮށްފައިވާ ޕޯސްޓުގެ ކެޕްޝަންފައި އޭނާ ވަނީ އެއީ އޭނާ އެންމެ ކުރާހިތްވާކަން ކަމުގައި ބުނެފަ އެވެ. އަދި އޭނާއާ އެކީގައި ލަވަކިޔާފައިވާ ނޭހާ ބާސިންއާ އެކުގައި އިތުރަށް ލަވަ ކިޔަން ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޕަރިނީތީ ބުނިގޮތުގައި ވަލަކިޔުމަކީ އޭނާ އެންމެ ޝައުގުވެރިވާ ކަމެވެ. އަދި އެކަމަކީ އޭނާއަށް އެންމެ ހިތްހަމަޖެހުން ލިއްބައިދޭ ކަންތައް ކަމަށް ވެސް ކެޕްޝަންގައި ބުނެފައިވެ އެވެ.