ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން އާއި ކިއާރާ އަދުވަނީ ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގައި އެންމެ އުނދަގޫވި ލަވައަކީ "އަމީޖޭ ތޮމާރް" ކަމަށް ކާރްތިކް ބުނެފި އެވެ.

ކާތިކްގެ އިންސްޓަގްރާމުގައި އެލަވަ ހިއްސާކުރަމުން އޭނާ އެފަދައިން ބުނެފައިވަނީ، އާންމުންގެ މެދުގައި އޭނާ ކުޅުނު ފިލްމު ބޫލްބުލައްޔާ މަޝްހޫރުވެ މަގުބޫލުވެފައިވަނިކޮށެވެ. ހަމައެހެންމެ ފިލްމުގައި ބެލުންތެރިންނަށް އެންމެ ކަމުދިޔަ، އަދި އެންމެ ތަފާތު ސީނެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވަނީ ކާތިކް ކުޅެފައިވާ އާމިޖޭ ތޮމާރް ގެ ފިރިހެން ވާޝަން އެވެ.

ނަމަވެސް އެއީ ފިލްމުގައި އޭނާއަށް ކުޅެން އެންމެ އުނދަގޫވި ބައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ ލަވައިގައި އޭނާ ވަނީ ތަފާތު ނެށުމެއް ދައްކާލާފަ އެވެ.

"ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ- ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. ހަމައެހެންމެ އެ ފިލްމުގައި އަކްޝޭ ދައްކުވައިދިން އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރި މި ފިލްމުގައި ކާތިކް އާއި ކިއާރާގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެނިފައިވެ އެވެ.