މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ ހިންގާ ކޮމެޓީއަށް ކުރިމަތިލި ކެންޑިޑޭޓްގެ ނަންތައް ތަރުތީބުކޮށްފި އެވެ.

އެމްއެފްއޭގެ އާންމު އިންތިހާބަށް ހުޅުވާލިއިރު 2020 ވަނަ އަހަރު ފެށުނުއިރު އެންމެ ފަހުން އޮތް އެމްއެފްއޭގެ ބޯޑްގެ ބޯޑްގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފަ އެވެ.

މިދިޔަ މުއްދަތުގައި އިންތިހާބު ނުބޭއްވި ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އެމްއެފްއޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ނަންތައް ވަނީ ތަރުތީބުކޮށް އާންމުކޮށްފަ އެވެ. އަދި މިއިންތިހާބުގައި ވޯޓުލުމުގެ ސަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާފައިވަނީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އަދި ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓް:

  • އިބްރާހީމް ރަޝީދު މޫސާ – ކެންޑިޑޭޓް ނަންބަރު 01
  • ޝިވާޒް ޢަބްދުﷲ – ކެންޑިޑޭޓް ނަންބަރު 02

އެމްއެފްއޭގެ ވައިސް ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓް:

  • އާމިރާ އިސްމާއީލް – ކެންޑިޑޭޓް ނަންބަރު 01
  • އަބްދުﷲ މުއާޒު – ކެންޑިޑޭޓް ނަންބަރު 02

ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓް:

  • މުހައްމަދު ރިފްޝާން – ކެންޑިޑޭޓް ނަންބަރު 01\
  • މުހައްމަދު މަނިކް – ކެންޑިޑޭޓް ނަންބަރު 02

ޚަޒާންދާރުގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓް:

  • އަބްދުﷲ މާހިރު – ކެންޑިޑޭޓް ނަންބަރު 01
  • ޖާދުﷲ އިސްމާޢީލް – ކެންޑިޑޭޓް ނަންބަރު 02

އެމްއެފްއޭގެ ބޯޑު މެންބަރުން ކަމަށް ވާދަކުރާ ކެންޑިޑޭޓް:

  • އަމްޖަދު އިބްރާހީމް – ކެންޑިޑޭޓް ނަންބަރު 01
  • އަޙްމަދު ޝާހް ޢަލީ – ކެންޑިޑޭޓް ނަންބަރު 02
  • އަލީ ޝާހިދު – ކެންޑިޑޭޓް ނަންބަރު 03
  • މުޙައްމަދު ފައިސަލް – ކެންޑިޑޭޓް ނަންބަރު 04
  • އިބްރާހީމް ރިޔާޒް – ކެންޑިޑޭޓް ނަންބަރު 05

ކެންޑިޑޭޓުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހަންދެން އޮންނާނެ ކަމަށް އެމްއެފްއޭއިން ބުނެ އެވެ.

އެމްއެފްއޭގެ ހިންގާ ކޮމެޓީ އިންތިޚާބުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށް އެކުލަވައިލި ބޯޑްގެ ޗެއާޕާސަނަކީ މުޙައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަނަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަޙްމަދު ސަޢީދު އެވެ. މީގެ އިތުރުން އިންތިޚާބު ކޮމެޓީގައި ދެން ހިމެނެނީ އެކްޓްރެސް ޝީލާ ނަޖީބު އަދި ނިޝާން އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ 299 މެންބަރުން ތިބިކަން ފާހަގަކޮށްލެވެ އެވެ.