ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަން އަދި ވެލްނެސް ބްރޭންޑްތަކަށް އިންވެސްޓް ކޮށްފި އެވެ.
ޝިލްޕާ އިންވެސްޓްކޮށްފައިވަނީ ފުލައިފް ހެލްތްކެއާގެ ބައެއް ކަމަށްވާ ފާސްޓް އެންޑް އަޕް އަދި ޗިކްނޫޓްރިކްސް އަށެވެ
މި ދެ ބްރޭންޑްތަކަށް އިންވެސްޓް ކުރުމުގެ ކުރިން ޝިލްޕާ ވަނީ މި ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ވެސް ކޮށްފަ އެވެ.
ބްރޭންޑް އެމްބެސެޑަރުގެ މަގާމުގައި ޝިލްޕާ ހުރިއިރު މިބްރޭންޑްތަކާ އޭނާ މެދުގައި ވަނީ ހާއްސަ ގުޅުމެއް އުފެދިގެން ގޮސްފަ އެވެ.
ޝިލްޕާ ޝެޓީއަކީ ދުޅަހެޔޮ، ބެލެންސްޑް ލައިފްސްޓައިލްއެއް އުޅެމުން އަންނަ ބަތަލާއެކެވެ.
މިކަމާ ގުޅިގެން ފުލައިފް ހެލްތްކެއާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝިލްޕާގެ އިންވެސްޓާއެކު މިއުފެއްދުތައް އިތުރަށް އިސްތިހާރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި އިންވެސްޓްމަންޓާއެކު އެކުންފުނީގެ އަމާޒަކީ އާބަން އަދި ރަށްރަށުގެ މާކެޓްތަކުގައި ބްރޭންޑް ހޭލުންތެރިކަން އިތުރުކުރުމެވެ. ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އަދި އިންވެސްޓަރެއްގެ ގޮތުގައި ޝިލްޕާ ބައިވެރިވުމަކީ ސިއްހަތާއި އަމިއްލަ ނަފްސަށް ފަރުވާ ދިނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ހަރުދަނާވާނެ ކަމެއްކަން ޔަގީނުންވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި އިންވެސްޓްމަންޓާ ބެހޭ ގޮތުން ޝިލްޕާ ބުނެފައިވަނީ "ފާސްޓް އެންޑް އަޕް އަދި ޗިކްނިއުޓްރިކްސް އިން އެހީތެރިވެދީފައިވަނީ ބޭރުގައި ހުރި އެންމެ މޮޅު ބައެއް އުފެއްދުންތައް ބިނާކުރުމުގައި- އެންމެ ސާފު އަދި އެންމެ މަތީ ފެންވަރުގެ ތަކެތި. އަހަރެމެންނަށް ފެންނަނީ ނިއުޓްރިޝަން ތަރައްގީވަމުންދާ ގޮތާއި އަހަރެންގެ އަމިއްލަ އިންކްލިނޭޝަން އަބަދު ވެސް އޮތީ ނިއުޓްރިޝަންއާއި ފިޓްނަސްއަށް ހޯލިސްޓިކް ގޮތަކަށް ކަންތައް ކުރުމަށެވެ. އަހަރެމެންގެ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ބާރު ސްޕީޑެއްގައި ކުރިއަށްދާ ދިރިއުޅުމެއް ކަމުން ހަށިގަނޑާއި އިސްތަށިގަނޑާއި ހަންގަނޑާއި ހަކަތައާއި އާންމު ދުޅަހެޔޮކަމަށް ދުވަހުން ދުވަހަށް ބޭނުންވާ ހުރިހާ ނިއުޓްރިއެންޓްސް ނުވަތަ ވިޓަމިންތަކާ އެއްވަރަށް ކުރިއަށް ދިއުމަކީ އުނދަގޫ ކަމެއް" އެވެ.
ފުލައިފް ހެލްތްކެއާގެ ބައެއް ކަމަށްވާ ފާސްޓް އެންޑް އަޕް އަދި ޗިކްނޫޓްރިކްސް އަކީ ހެލްތު، ބިއުޓީ އަދި ވެލްނެސް ނިއުޓްރިޝަނަލް ސަޕްލިމެންޓްތަކުގެ ޚާއްސަ ރޭންޖަކާއެކު އިންޑިއާގެ ޖިއޮގްރަފީތަކާއި ޔޫރަޕް، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގާތްގަނޑަކަށް 21 ބައިނަލްއަގްވާމީ މާކެޓްތަކުގައި ވަރުގަދަ ކުރިއެރުމެއް ލިބިފައިވާ ބްރޭންޑެކެވެ.