ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖަކަށް ވުމަށް އުންމީދު ކުރާކަމަށް ބޮލީވުޑް ބަތަލާ ބިޕާޝާ ބާސޫ ބުނެފި އެވެ.

ކައިވެނިކުރިތާ ހަ އަހަރު ފަހުން ބަލިވެއިންކަން މި މަހުގެ 16 ގައި އިއުލާންކުރި 43 އަހަރުގެ ބަތަލާ ބިޕާޝާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ކުއްޖަކު ހޯދަން ނިންމި ހިސާބުން ވެސް ކަރަން އާއި އޭނާ އުންމީދުކުރީ އަންހެން ކުއްޖަކު ހޯދުމަށް ކަމަށެވެ. އަދި ލިބޭނެ ކަމަށް އުންމީދުކުރަނީ ވެސް އަންހެން ކުއްޖަކު ކަމަށް އޭނާ ބުންޏެވެ.

ބިޕާޝާ އިތުރަށް ބުނީ ކޮންމެ ކަހަލަ ކުއްޖެއް ލިބުނަށް އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެންމެ އުފާވާނީ އަންހެން ކުއްޖެއް ލިބުމުން ކަމަށެވެ.

"އެކަމަކު އަހަރަމެން ބޭނުމެއް ނޫން ކުއްޖާގެ ޖިންސް ބަލަން ޓެސްޓްކުރާކަށް ވެސް. އަންހެން ދަރިއަކަށް ވަރަށް ބޮޑަށް އުންމީދުކުރިޔަސް ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް މައްސަލައެއް ނެތް." ބިޕާސާ ބުންޏެވެ.

https://www.instagram.com/p/ChyiPgHAF8_/

ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރު އެވެ.

އެދެ ފަންނާނުންގެ ކައިވެންޏަށް ހަ އަހަރު ވެގެން ގޮސްފައިވާއިރު މިހާރު އެމީހުން ތައްޔާރުވަމުން އަންނަނީ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށެވެ.

މި އިންޓަވިއުގައި ބިޕާޝާ ވަނީ ބަލިވެ އިނުމުގެ ތަޖުރިބާވެސް މީހުންނާ ހިއްސާކޮށްފަ އެވެ. ބަތަލާ ބުނީ އަހަރެންނަކީ ޖިސްމާނީ ގޮތުން ހަރަކާތްތެރިވާ މީހެއް ނޫން ކަމަށާއި ނަމަވެސް އަހަރެން މިހުރީ ނަފްސާނީ ގޮތުން ތައްޔާރަށް ކަމަށެވެ. ބެބީ ޕްލޭނިން ހަދަމުން ދިޔައިރު ގިނަ ބަޔަކު ކުރާނެ ކަންތައްތަކާއި ނުކުރާންވީ ކަންތައްތައް ކިޔައިދިނެވެ.

ބިޕާޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު އެމްއެކްސް ޕްލެޔަރގެ ވެބް ސީރީޒް "ޑެންޖަރަސް" އިންނެވެ.