ކުުކުޅަކީ ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ. ހުކުރު ދުވަހު ދިވެހންގެ ބަދިގެތަކުން އާއްމުކޮށް ފެންނަ ބާވަތެކެވެ. މިއަދު މި ގެނެސްދެނީ ވެސް ކުކުޅުގެ ރެސިޕީ އެކެވެ.

ބޭނުންވާނެ ތަކެތި

  • 4 ޖޯޑު ޕާސްތާ (ކައްކާފައި)
  • 2 ޖޯޑު ކުކުޅު (ފެނު ކައްކާ ރޯ ފިލުވާފައި)
  • 1 ފުޅި ޕާސްތާ ސޯސް
  • 1/2 1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)
  • 1/3 ޖޯޑު ޕާމެސަން ޗީޒް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔެއްގައި ކެއްކި ޕާސްތާ އާއި ޕާސްތާ ސޯސް އަދި ރޯ ފިލުވާފައި ހުރި ކުކުޅު ރަނގަޅަށް އެއްކޮށްލާށެވެ.
  2. އެއަށްފަހު ޓްރޭއެއްގެ އެތެރޭގައި ރަނގަޅަށް ބަޓަރު ހާކާލާށެވެ. އަދި އެ ޓްރޭގެ ތެރެއަށް ލޭޔާކޮށް ކުރިން ތައްޔާރުކުރި މިކްސް އެޅުމަށްފަހު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އާއި ޕާމެސަން ޗީޒް އަޅަމުން ގެންދާށެވެ.
  3. އަވަން 190 ޑިގްރީ އަށް ހޫނުކުރުމަށްފަހު ޓްރޭ އޭގެ ތެރެއަށް ލާށެވެ.
  4. 30-20 މިނެޓްވެ، މަތީގައި ހުރި ޗީސް ދިޔާވަންދެން ފިހެލާށެވެ.