ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ކައިވެނީގެ ވާހަކަތަކަކީ ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ވިދާލާ ހަބަރުތަކެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ބޮޑަށް ދެކެވިފައި ވަނީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ކުރިއަރަމުން އަންނަ ބަތަލާ އާތިޔާ ޝެޓީ އާއި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްގެ ކައިވެނީގެ ވާހަކަތަކެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިޔާ އާއި ރާހުލްގެ ކައިވެނީ ކުރިއަށްގޮސްފައި ވަނީ މިމަހުގެ 21 އިން ފެށިގެން 23 ދުވަހާ ހަމައަށެވެ.

އެއާއެކު އާތިޔާ އާއި ރާހުލްގެ ކައިވެންޏަކީ ބޮލީވުޑް އިންޑަސްޓްރީގައި މިއަހަރު ކުރި ފުރަތަމަ ކައިވެންޏެވެ. ހަމައެހެންމެ އާތިޔާގެ ކައިވެނީގެ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ. އެ އިމާރާތުގެ ފިނިޝިން މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށް ވެ އެވެ.

2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އާތިޔާ އާއި ކޭއެލް ރާހޫލް ރައްޓެހިވެގެން އުޅާތާ މިހާރު ތިން އަހަރު ވަނީ ވެފަ އެވެ.