ބޮލީވުޑް ތަރިންގެ ކިބައިން އާދަޔާ ހިލާފު ކަންކަން ފެނުމަކީ އަލަށްވާ ކަމެއް ނޫނެވެ. ހަަމައެހެންމެ ތަރިންގެ އާދަޔާ ހިލާދު ކަންކަމުން އެތަރިން އަބަދުވެސް ދަނީ އާންމުން އާޝޯހުކުރުވަމުންނެވެ.
އެ ލިސްޓުގައި މަޝްހޫރު ބޮލީވުޑް ތަރި އަޔުޝްމާން ޚުރާނާވެސް ހިމެނެ އެވެ.
އަޔުޝްމާން ކުރަނީ އާދާޔާ ހިލާފު ކަމެއް ނޫނެވެ. ގިނަ މީހުން ސާފުތާހިރުވުމަށްޓަކައި ދަތް އުނގުޅާއިރު، އަޔުޝްމާން އެކަން ކުރާ އަދަދަކީ ގިނަ ބަޔަކު ސިއްސުވާލި އެއްޗެކެވެ.
ދަތް ރީތިކޮށް އަދި ސާފުކޮށް ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެނީ ދުވާލެއްގެ މައްޗަށް ދެ ފަހަރު ދަތް އުނގުޅުމަށެވެ. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް ހަތް ފަހަރު ނުވަތަ އަށް ފަހަރު އަޔުޝްމާން ދަތް އުނގުޅާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނިގޮތުގައި އެހާ ގިނައިން ދަތް އުނގުޅުމަކީ އޭނާ ކުރުމަށް ވަރަށް ލޯބިކުރާ އެއް ކަމެވެ.
އަޔުޝްމާން އަކީ ބޮލީވުޑްގައި އޭނާގެ ރީތި ލަވަ އަލްބަމްތަކުގެ ސަބަބުން އާންމުންގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާގެ ހުނަރު ލަވަތަކުގެ އިތުރުން ހެއްވާ، މަޖާ ފިލްމުތަކުންވެސް ފެނިފައިވެ އެވެ.
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށް
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަނީ
