އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން އަމިއްލަ ފަރާތަކުން އެދިފައިވާ ގޮތަށް ހާމަކުރަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިން މިނިސްޓްރީއަށް އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އަމިއްލަ މީހަކު އަމީނީ މަގު މަޝްރޫޢާ ގުޅިގެން ފަސް ކަމެއްގެ މައުލޫމާތު ހޯދުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވެ އެވެ. އެ ކަންކަމުގެ ތެރެއިން މި މަޝްރޫޢުގެ ތަފުސީލީ ކުރެހުމާއި، މިނިސްޓްރީއާއި އާރުޑީސީގެ މެދުގައި ހެދި އެއްބަސްވުން ހާމަނުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
އެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކުރުމުން ކޮމިޝަނަރު ނިންމެވީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ.
އެކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ބުނެ ހައިކޯޓުގައި މިނިސްޓްރީން އެ ނިންމުންވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުންވެސް ނިންމީ އައިކޮމްގެ ނިންމުން ރަނގަޅު ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަކީ އެ މައުލޫމާތު ހާމަނުކުރަން ނިންމި ގާނޫނީ ސަބަބުތައް ބަޔާންކޮށްދީ އެ ސަބަބުތައް ސާބިތުކޮށްދީފައިވަނިކޮށް އެކަންކަމަށް ރިއާޔަތްނުކޮށް ނިންމި ނިންމުމެއްކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެކަން މިނިސްޓްރީއަށް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ހަމައެހެންމެ އެ މައުލޫމާތު ހާމަނުކުރަން މިނިސްޓްރީން ފުރަތަމަ ނިންމިއިރު އެ މައުލޫމާތު ހިފެހެއްޓި ސަބަބު މިނިސްޓްރީން ސާފުކޮށްދީފައި ނެތްކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހާމަކުރަން މިނިސްޓްރީއަށް އެންގި އެންގުމަކީ ސައްހަ އެންގުމެއްކަމަށް ކަނޑައަޅައި އެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ގާނޫނީ ޝަރުއީ ސަބަބެއް ނެތްކަމަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުންނެވެ.
 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					