"ޖާނެ ތޫ ޔަ ޖާނެ ނާ" ފިލްމުން ބޮލީވުޑަށް ތައާރަފުވި އިމްރާން ހާން އާއި އޭނާގެ އަންހެނުން އަވަންތިކާ މާލިކްގެ ކައިވެނި ރޫޅުނު ހަބަރުވެގެން ދިޔައީ އާންމުން ހައިރާންކޮށްލި ހަބަރަކަށެވެ.

މި ދެ މީހުން ވަކިވި ފަހުން މިހާރު އަހަރުތަކެއް ފާއިތުވެ ގޮސްފައިވާ އިރު، ދެމީހުން ކުރެ މީހަކު މިކަމާ ގުޅޭ ގޮތުން ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން އާއި އަވަންތިކާގެ ޒުވާބުތަކުގެ މައި ސަބަބަކަށްވީ އިމްރާންގެ ފެއިލްވަމުންދިޔަ ކެރިއަރެވެ. އެހެން ނަމަވެސް އެ ވަރީގެ ފަހަތުގައި ވަނީ މުޅިން އެހެން ސަބަބެއެއް ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ބޮލީވުޑްގެ ގިނަ ކައިވެނިތައް ރޫޅެން ދިމާވަނީ ތިންވަނަ މީހެއްގެ ސަބަބުންނެވެ. މި ކައިވެންޏަށް ވެސް ވީ އެހެން ކަމަށް ވާހަކަ ދެކެވެ އެވެ. އަދި އެ ތިންވަނަ މީހަކީ ލޭކާ ވޮޝިންގްޓަން ކަމަށްވެ އެވެ.

"އިމްރާން އާއި ލޭކާގެ ގުޅުމަށް މިހާރު ދުވަސްތަކެއް ވެދާނެ. ލޭކާގެ ފިރިމީހާ ޕަބްލޯ ޗެޓާޖީ އާއި އިމްރާންއަކީ ކުރިން ގާތް ރައްޓެހިން. އެހެން ނަމަވެސް މި ގުޅުމެއް އުފެދިގެން އައި އިރު އެއްވެސް މީހަކަށް ރޭކާވެސް ނުލާ. އަވަންތިކާ އިމްރާންގެ ގެއިން ނުކުމެގެން ދިޔަ ފަހުން އިމްރާން ވަނީ އޭނާގެ ގާތް މީހުންނަށް ލެކާ ތައާރަފުކޮށްދޭންވެސް ފަށާފައި،" ހަބަރުތައް ބުނެ އެވެ.

ހަބަރު ލިބޭ ގޮތުން އިމްރާން މިހާރު ވަނީ ލެކާއާ ބައްދަލުކުރަން އޭނާގެ ގެއާ މާދުރު ނޫން ހިސާބަކުން ގެއެއް ގަނެފައި ނުވަތަ ކުއްޔަށް ހިފާފަ އެވެ. އަވަށްޓެރިއަކު ބުނެފައިވާ ގޮތުގައި ދުވާލުގެ އެކި ގަޑި ގަޑީގައި ލޭކާ އެގެއަށް ވަދެ ނިކުންނަ މަންޒަރު ފެނެ އެވެ.