ކޮންމެ ދުވަހަކު ޓޮމާޓޯ އެއް ކެއުމުން ފިރިހެނާގެ ދަރިފަނި އިތުރުވާ ކަމަށާއި ދަރިފަނީގެ ބާރު ގަދަވާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޓޮމާޓޯގައި ހިމެނޭ ޑައިޓަރީ ކޮމްޕައުންޑެއް ކަމަށްވާ “ލެކްޓޯލައިކޮޕެން” އަކީ ދަރިފަނީގެ ކޮލިޓީއާއި އަދަދ އަދި ސައިޒު ރަނގަޅުކޮށްދޭ އެއް މާއްދާ ކަމަށް މިދިރާސާގައި ބުނެފައިވެ އެވެ.

މިދިރާސާ ހެދި އެންޑްރޮލޮޖީ ރެޕްރޮޑަކްޝަން އެންޑް ހެޑް އޮފް ޔުނިވާސިޓީގެ ޕްރޮފެސަރެއް ބުނީ ބޭސް ބޭނުންކޮށްގެން މި މައްސަލަ އަށް ފަރުވާ ހޯދާފައިވާ މީހުންނާއި އަދި ކޮންމެ ދުވަހަކު ޓޮމާޓޯ އެއް ކާންދީގެން ހެދި މިދިރާސާގެ ނަތީޖާއިން ހައިރާން ކުރުވި ކަމަށެވެ.

މި ދިރާސާގައިވަނީ އުމުރުން 19-30 އަހަރުގެ 60 މީހުން ބައިވެރި ކޮށްފަ އެވެ. މީގެ ތެރެއިން އެއް ގުރޫޕްއަށް ކޮންމެ ދުވަހުގެ ނާސްތާއެކު ޓޮމާޓޯ ދެވިފައިވާއިރު، އަނެއް ގުރޫޕްގެ ބައިވެރިންނަށް ވަނީ ބޭސްދީފަ އެވެ. އެގޮތުން 12 ހަފްތާވަންދެން ކުރި މިދިރާސާގައި އެންމެ ދަރިފަނީގެ އަދަދު ގިނަވެ އަދި ސިއްޙަތު ރަނގަޅު ބާރު ހުރި ދަރިފަނި ހުރިކަމަށް ދެއްކީ ކެއުމުގައި ޓޮމާޓޯ ބޭނުން ކުރި ފަރާތްތައް ކަމަށް ޕްރޮފެސަރު ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިގޮތަށް މިކަން ދިމާވެފައިވަނީ ޓޮމާޓޯގައި ގިނަ އަދަދަކަށް” ލެކްޓޯލައިކޮޕެން” ހިމެނޭތީ ކަމަށެވެ. މިތަކެއްޗަކީ ދަރިފަނި އާލާ ކުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވެސް ޑޮކްޓަރ އިތުރަށް ބުނެފައިވެއެވެ. ލެކްޓޯލައޮކޮޕެން އަކީ ޓޮމާޓޯގައި ހުންނަ ރަތްކުލަ ދަމަހައްޓާ އެއްމާއްދާ އެވެ.

ދަރިފަނީގައި މައްސަލަތައް ޖެހި ދަރިން ލިބުމުގެ ފުރުސަތު ކުޑަވެފައިވާ މީހުންނަށް މިޚަބަރަކީ އުފާވެރި ޚަބަރަކަށްވާނެ ކަމަށް ޔޫރަޕްގެ ޖާނަލް އޮފް ނިއުޓްރިޝަންގެ ރިޕޯޓެއްގައި ލިޔެފައިވެ އެވެ.